ޚަބަރު

އިތުރު 6 މީހަކު ކޮވިޑް. 19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 6 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް19 އަށް ފައްސިވެފައިވަނީ ދެ ދިވެހިންނާއި ދެ ބަގްލަދޭޝް މީހުންނާއި އިންޑިޔާ މީހަކާއި ސްރީ ލަންކާ މީހެއް ކަމަށެވެ.

މި 6 މީހުނާއެކު މިއަދު ވައިރަހަށް ފައްސިވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. އަދި ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 116 އަށް އަރާފައެވެ. މީގެ ތެރޭގައި 47 ދިވެހިން ހިމެނެއެވެ.

އިއްޔެ އެކަނި ވެސް މާލެއިން 23 މީހަކު ވައިރަހަށް ފައްސިވެފައި ވާއިރު އޭގެ ތެރޭގައި އެއް ތަނެއްގައި ދިރިއުޅެމުން ދިޔަ 14 ބިދޭސީން ހިމެނެއެވެ. މިހާތަނަށް ރާއްޖެއިން އެންމެ ގިނަ ބަޔަކު މި ވައިރަސް އަށް ފައްސިވެފައިވަނީ ވެސް އިއްޔެ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ފައްސިވި އެންމެން ވެސް އައިސޮލޭޝަން ފެސިލިޓީތަކަށް ގެންގޮސްފައިވާއިރު، މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!