ޚަބަރު

ވެންޓިލޭޓަރު މައްސަލައިގެ ހެކިތައް ހާމަކުރުމުން އޭސީސީގެ ނުރުހުން ޕީޖީ އަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: ސަން

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ގެ ކުންފުންޏަކާއި ހަވާލު ކުރި މައްސަލައިގެ ހެކިތައް ހާމަކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނުރުހުން އަމާޒުވެއްޖެއެވެ.

Ads by MWSC

އެގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ނައިބު ރައީސް ފާތިމަތު އަނޫލާ ވިދާޅުވީ މައްސަލަ ރިޖެކްޓް ކޮށްލި ނަމަވެސް އަދި އިތުރަށް ދިރާސާ ކުރަން ފޮނުވި ނަމަވެސް މައްސަލައިގައި ހުރީ އެވެނި ހެއްކެއް ކަމަށް މިވެނި ހެއްކެއް ކަމަށް ބުނެ ޕަބްލިކްގައި އެވާހަކަ ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެންމެ ރަނގަޅު ފޯރަމް ކަމަކަށް މިސާލަކަށް ޕަބްލިކް ތެރޭގައި އަޅުގަނޑުމެން ހުރީ މިވެނި ހެއްކެކޭ އެވެނި ހެއްކެކޭ މި މަރުހަލާގައި އެވާހަކަ ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން." އަނޫލާ ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަރުވާ ދިނުމަށް އޯޑަރު ކުރި ވެންޓިލޭޓަރުތައް ގެނައުމުގައި މިނިސްޓްރީ އޮފް ހެލްތުން މަކަރާތް ހީލަތް ހަދާފައިވާކަމަށް އޮޑިޓު ރިޕޯޓުން ދެއްކުމުން، އޭސީސީ އާއި ފުލުހުން ވަނީ އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެމައްސަލައިގައި ހެކި ނެތް ކަމަށް ބުނެ ޕީޖީން ވަނީ އެމައްސަލައާއި ގުޅިގެން ދައުވާ ނުކުރަން ނިންމާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!