ޚަބަރު

މާލެއިން އިތުރު ބަންގްލަދޭޝް މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ

މާލެއިން އިތުރު ބަންގްލަދޭޝް މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ފައްސިވި ބަންގްލަދޭޝް މީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާއާ ގުޅުން އޮތް ފަރާތްތައް ވެސް ދަނީ ހޯދަމުންނެވެ.

މީގެ ކުރިން މިއަދު އަށް ދިވެއްސަކާއި ފަސް ބަންގްލަދޭޝް މީހަކު ވެސް ވަނީ ބައްޔަށް ފައްސިވެފައެވެ.

މިއާއެކު މާލެއިން ފައްސިވި މީހުންގެ އަދަދު ވަނީ 63 އަކަށް އަރާފައެވެ. އަދި މުޅި ރާއްޖެއިން މިހާތަނަށް ފައްސިވި މީހުންގެ އަދަދު ވަނީ 83 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 52 ދިވެހިނާއި 31 ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!