ޚަބަރު

އިތުރު ދެ ދިވެހިން ކޮވިޑް19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު ދެ ދިވެހިން ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

އެޗްޕީއޭ އިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ވައިރަހުގެ އަލާމާތްތައް ހުރެގެން މާލެ ގެ ފްލޫ ކްލިނިކަކަަށް ދައްކަން ދިޔަ ދެ ދިވެހިން ވައިރަހަށް ފައްސިވެފައިވާ ކަމަށެވެ.

މިހާރު މި ދެމީހުން އައިސޮލޭޝަން ފެކަލްޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ހާމަކުރެއެވެ.

މިއާއެކު މާލެއިން ވައިރަހަށް ފައްސިވި މީހުން ގެ އަދަދު ވަނީ 66 އަށް އަރާފައެވެ.

އަދި ރާއްޖެއިން ޖުމްލަ މިހާތަނަށް 87 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!