ލައިފްސްޓައިލް

ފައިގައި އެއްޗެއް އޮޅިގެން ބަލާލިއިރު ބޮޑު ހަރުފައެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮސްޓްރޭލިއާގެ އަންހެނެއްގެ ފައިގައި ބޮޑު ހަރުފައެއް އޮޅިގެން އުޅޭ މަންޒަރު ފެންނަ ބިރުވެރި ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ކުއީންސްލޭންޑަށް ނިސްބަތްވާ އެއަންހެންމީހާ ބުނި ގޮތުގައި އޭނާއަށް އެއީ ހަރުފައެއްކަން އެނގުނީ ވެސް މާފަހުންނެވެ.

އޭނާ އެވަގުތު ހުރީ ފޯނަށް ގެއްލިފައި ކަމަށް ވެސް ބުންޏެވެ.

ރައްޓެއްސެއްގެ ގެއިން އެނބުރި ގެއަށް ދިޔަ މަގުމަތީގައި، ފައިގައި އެއްޗެއް އޮޅިގެން އަތުގައި އޮތް ފޯނުން ބަލާލިއިރު ފެނުނީ ބޮޑު ހަރުފައެކެވެ.

ފުރަތަމަ އޭނާ މަސައްކަތް ކުރީ އަމިއްލައަށް އޭތި ނެއްޓޭތޯ ކަމަށާއި، ނަމަވެސް އެކަން ނުވުމުން ފުލުހުންނަށް ގުޅީކަމަށް ބުންޏެވެ.

މިހާދިސާ ހިނގި މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖު ވީޑިއޯއެއް ވެސް ވަނީ އާއްމު ވެފައެވެ. އޭގެން ފެންނަނީ ހަރުފަ ނައްޓާލަން ވެގެން އެއަންހެންމީޙާ މަސައްކަތްކުރާ މަންޒަރާއި، ގެންގުޅޭ ޖަނަވާރެއްގެ ގައިގައި ފިރުމާހެން، ފިރުމާ މަންޒަރެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އެހަރުފަގެ ދިގުމިނުގައި 10 ވަރަކަށް ފޫޓު ހުއްޓެވެ.

ފުލުހުން ދިޔައިރު އޭނާ ހުރީ ހަރުފަ ނަގައިގެން އޭގައި ފިރުމާށެވެ. އަދި ފުލުހުންނަށް ގުޅުނީތީ މާފަށް އެދި، އަމިއްލައަށް ސަލާމަތް ވެވުނީސް ކަމަށް ވެސް ބުނެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!