ޚަބަރު

ފައްސިވި މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ ސްޓާފެއް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑަށް-19 އަށް ފައްސިވި މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ ސްޓާފެއް ހިމެނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޭސް 69 ވަނަ މީހާއަކީ އެމްއެންޑީއެފްގެ ބޭފުޅެއް ކަމަށެވެ.

"ކޭސް 68 އަކީ ކުޑަވިލިނގިލިން މާލެ އަށް ދަތުރުކުރި ބަންގްލަދޭޝް މީހެއް. އޭނާއާ އެކު ލޯންޗުގައި ދަތުރުކުރި މީހާ ވެސް ޕޮޒިޓިވް. ކޭސް 69 އެއީ އެމްއެންޑީއެފްގެ މީހެއް. ކޭސް 70 އެއީ އެމްއެޗްއޭގައި މަސައްކަތް ކުރާ މީހެއް. މީގެ އިތުރުން ކޭސް 71، 72 އެއީ ކޭސް 70 ގެ އާއިލާގެ މީހުން. ކޭސް 73 އެއީ ކޭސް 68 އާ އެކު ދަތުރުކުރި މީހާ. ކޭސް 74 އާއި 75 އެއީ ކޭސް 36 ގެ ޑައިރެކްޓް ކޮންޓެކްޓް (ދެ ބިދޭސީން). ކޭސް 76، 77، 78 އެއީ ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހަކާ ގުޅުން އޮތް ބައެއް. އެ މީހުން އޭރު ތިބީ އިމާދުއްދީން ސްކޫލުގައި އައިސޮލޭޓްވެގެން. މީގެ އިތުރުންް 79 އެއީ 31 އާ ޑައިރެކްޓް ކޮންޓެކްޓެއް. ކޭސް 80 އަކީ ބޭންކް އޮފް ސސިލޯނުން ޕޮޒިޓިވް ވި ކޭސް 35އާ ގުޅުން އޮތް މީހެއް. ކޭސް 81 އެއީ އުމުރުން ދުވަސްވީ މީހާ. ކޭސް 82 އެއީ ކޭސް 35ގެ ދަރިފުޅު. ކޭސް 83 އަކީ ބަންގްލަދޭޝްގެ މީހެއް." ޑރ އަފްޒަލް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، އެމްއެންޑީއެފްގައި މި ޕޮޒިޓިވްވީ ފްރޮންޓްލައިންގައި މަސައްކަތްް ކުރާ މީހެއްތޯ ނުވަތަ ނޫންތޯ ބަލަމުން އަންނަ ކަމަށެވެ.

"އެންޑީއެފްގެ މީހަކު ޕޮޒިޓިވް ވިކަން މިއޮތީ އެނގިފައި. އޭގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން މިދަނީ. އޭރުން އެނގޭނެ އެ ބަލި ޖެހުނު ގޮތް. އެމްއެންޑީއެފާއި ޕޮލިހާއި އައިޖީއެމްއެޗްގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސާމާނު ހުންނާނީ ދޫކޮށްފައި. އެމްއެންޑީއެފްގައި މި ޕޮޒިޓިވްވީ ފްރޮންޓްލައިންގައި މަސައްކަތްް ކުރާ މީހެއްތޯ ނުވަތަ ނޫންތޯ އަދި އަޅުގަނޑަކަށް ނުބެލޭ." މަބްރޫކް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!