ޚަބަރު

ފައްސިވި މީހުންގެ ތެރޭގައި ބޭންކް އޮފް ސިލޯންގެ ދެ މުވައްޒަފުން ހިމެނޭ

ދެން އެމްވީ ، ދެން އޮންލައިން

ފައްސިވި މީހުންގެ ތެރޭގައި ބޭންކް އޮފް ސިލޯންގެ ދެ މުވައްޒަފުން ހިމެނޭ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by STELCO

މިކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮވިޑް-19 އަށް ފައްސިވި ކޭސް35 އާއި ކޭސް 80 އަކީއެކުގައި މަސައްކަތް ކުރާ ދެ މީހުން ކަމަށާއި، އެއީ ބޭންކް އޮފް ސިލޯންގައި މަސައްކަތް ކުރާ ދެ މީހުން އެ ބައްދަލުމުގައި ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ކޭސް 69 އަކީ ސިފައިންގޭގައި މަސައްކަތް ކުރާ މީހެއް ކަން ވެސް ޑރ ފާހަގަކުރެއްވިއެވެ.

"ކޭސް 68 އަކީ ކުޑަވިލިނގިލިން މާލެ އަށް ދަތުރުކުރި ބަންގްލަދޭޝް މީހެއް. އޭނާއާ އެކު ލޯންޗުގައި ދަތުރުކުރި މީހާ ވެސް ޕޮޒިޓިވް. ކޭސް 69 އެއީ އެމްއެންޑީއެފްގެ މީހެއް. ކޭސް 70 އެއީ އެމްއެޗްއޭގައި މަސައްކަތް ކުރާ މީހެއް. މީގެ އިތުރުން ކޭސް 71، 72 އެއީ ކޭސް 70 ގެ އާއިލާގެ މީހުން. ކޭސް 73 އެއީ ކޭސް 68 އާ އެކު ދަތުރުކުރި މީހާ. ކޭސް 74 އާއި 75 އެއީ ކޭސް 36 ގެ ޑައިރެކްޓް ކޮންޓެކްޓް (ދެ ބިދޭސީން). ކޭސް 76، 77، 78 އެއީ ޕޮޒިޓިވްވި ބަންގްލަދޭޝްގެ މީހަކާ ގުޅުން އޮތް ބައެއް. އެ މީހުން އޭރު ތިބީ އިމާދުއްދީން ސްކޫލުގައި އައިސޮލޭޓްވެގެން. މީގެ އިތުރުންް 79 އެއީ 31 އާ ޑައިރެކްޓް ކޮންޓެކްޓެއް. ކޭސް 80 އަކީ ބޭންކް އޮފް ސސިލޯނުން ޕޮޒިޓިވް ވި ކޭސް 35އާ ގުޅުން އޮތް މީހެއް. ކޭސް 81 އެއީ އުމުރުން ދުވަސްވީ މީހާ. ކޭސް 82 އެއީ ކޭސް 35ގެ ދަރިފުޅު. ކޭސް 83 އަކީ ބަންގްލަދޭޝްގެ މީހެއް." ޑރ އަފްޒަލް ވިދާޅުވިއެވެ.

މިއަދު އެކަނި ވެސް މާލެއިން 17 މީހަކު ވައިރަހަށް ފައްސިވެފައިވާއިރު ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 84 އަށް އަރާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!