Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ގައުމީ ހެދުމާއެކު ފްރީސްޓައިލަށް ނެށުމުން ކަމަކު ނުދިޔަ

ގައުމީ ހެދުމާއެކު ފްރީސްޓައިލަށް ނެށުމުން ކަމަކު ނުދިޔަ

މިހާރު ޖަރުމަނުވިލާތުގައި ކުރިއަށްދާ އައިޓީބީ ފެއާގައި ދިވެހި އަންހެނުންތަކެއް ދިވެހި ރަސްމީ ދިގު ހެދުމުގައި ފްރީ ސްޓައިލަށް ނެށުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ ހަތަރު އަންހެން ކުދިން ދިގު ހެދުމުގައި ތިބެ "މަރުފަލި" ލަވައަށް ނަށަމުންދާ މަންޒަރެވެ. އެ ނެށުމުގައި ދެ ފިރިހެން ކުއްޖަކުވެސް ބައިވެރިވެ އެވެ. ފިރިހެން ކުދިން ތިބީ ކަޅު ގަމީހާއި ކަޅު ފޭލީގަ އެވެ.

https://twitter.com/kudiiiiiiii/status/1633468688841179138

Advertisement
HDC — Sidebar (box)

"މަރުފަލި" ލަވައަށް ނެށުމުގެ ހަރަކާތްތައް ހުށަހަޅައިދެމުން ދިޔައީ ޒަމާނީ ނެށުމުގެ ވައްތަރެއް ކަމަށްވާ ފްރީ ސްޓައިލަށެވެ. މި ނެށުމުގައި ދިވެހިވަންތަ ގޮތްތަކަށް ވަނީ ބޮޑެތި އަދި ޒަމާނީ ބަދަލުތަކެއް ގެނަސްފަ އެވެ. މިއީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަން ހޯދާފައިވާ ފަންނުވެރި ނެށުމެކެވެ.

https://twitter.com/mysticaish/status/1633741591675543552

އެހެންނަމަވެސް ދިވެހިންގެ ގިނަ ބަޔަކަށް ކަމު ނުދިޔައީ ދިގު ހެދުން ލައިގެން ތިބެ ހުޅަނގު މީހުންގެ ވައްތަރުތަކެއް ޖެއްސުމުންނެވެ. އަނެއް ބަޔަކަށް ކަމު ނުދިޔައީ ދިވެހިވަންތަކަން ޕްރޮމޯޓު ކުރަންޖެހޭ ޕްލެޓްފޯމެއްގައި ހުޅަނގުގެ ނެށުމެއް ހުށަހަޅައިދިނުމުންނެވެ.

https://twitter.com/ashafiya/status/1633724203638857728

މީގެ ކުރިން އައިޓީބީ ފެއާގައި ނަށަނީ ދިވެހިވަންތަ ލަވަތަކަށެވެ. އާންމުކޮށް މިފަދަ ފެއާތަކުގައި އޮންނަނީ ބަނޑިޔާ ޖެހުމާއި، މާފަތި ނެށުން ނުވަތަ ދަނޑިޖެހުމެވެ. މީގެ ކުރިން ބޮޑުބެރު ގްރޫޕުތައްވެސް ވަނީ އެ ފެއާއަށް ގެންގޮސްފަ އެވެ. ބައެއް ދިވެހި ބޭންޑުތައް ފެއާއަށް ގޮސްވެސް ހުށަހަޅައިދެނީ ދިވެހި ލަވަތަކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް