Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޑރ. އަފްޒަލްގެ އާދޭސް: ކިރިޔާ އަލާމާތެއް ފެނުނަސް އެކަން ރިޕޯޓް ކުރައްވާ

ރޯގާގެ ނުވަތަ ހުމުގެ ކިރިޔާ އަލާމާތެއް ފެނުނަސް އެކަން ރިޕޯޓް ކުރެއްވުމަށް ޑރ. އަފްޒަލް އެދިވަޑައިގެންފިއެވެ.

މިހާރު ކުރިއަށް ދަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަނބައިފިނަމަ މިކަމުން އަރައިގަނެ ރަނަޅު ކުރެވިދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ލޮކްޑައުންގައި. އަޅުގަނޑުމެންގެ އިރުޝާދުތަކަށް ތަބާވެއްޖެ ނަމަ މިކަން ރަނގަޅު ކުރެވިދާނެ. މިހާރު ކިރިޔާ އަލާމާތެއް ފެނުނަސް އެކަން އަޅުގަނޑުމެންނަށް ރިޕޯޓް ކުރުން އެދެން. އެކަމަކު ކުރިއަށް އޮތްތާނގައި ވެސް އިތުރުވެގެން ހިނގައިދާނެ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ވެސް ބަލީގެ އަލާމާތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މޫސަ ވިދާޅުވީ 80 ޕަސެންޓަކީ ވަރަށް އާދައިގެ އަރިދަފުސް ރޯގާހެން ހުންނަހެން ހުންނަ މީހުން ކަމަށާއި މީގެ ތެރެއިން 15 ޕަސެންޓް މީހުންނަށް ނިއުމޯނިޔާ ޖެހޭ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 83 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. ފައްސި ވި މީހުންގެ ތެރޭގައި އާދައިގެ ރޯގާ ޖެހިގެން ފްލޫ ކްލިނިކަށް ދެއްކި މީހުން ހިމެނޭކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް