ޚަބަރު

އެޕް ސްޓޯރް، އެޕަލް މިއުޒިކް، އައިކްލައުޑް އަދި އިތުރު ހިދުމަތްތައް ރާއްޖެ އަށް

ދެން އެމްވީ ، ދެން އޮންލައިން

އެޕް ސްޓޯރާއި އެޕަލް މިއުޒިކާއި އެޕަލް ޕޮޑްކާސްޓާއި އައިކްލައުޑުގެ އިތުރުން އިތުރު ގިނަ ހިދުމަތްތަކެއް ރާއްޖެ ހިމެނޭ ގޮތަށް، އިތުރު ގައުމުތަކަށް ދޫކުރަން ފަށައިފިއެވެ.

Ads by MWSC

އެޕަލް އިން ވަނީ މިކަން މިއަދު އިއުލާނުކޮށްފައެވެ.

މި ހިދުމަތްތައް ފަށައިގަތުމާއެކު އެޕަލް އާކޭޑް ގެ ހިދުމަތް ވެސް ލިބިގެންދާނެއެވެ. އެޕަލް އާކޭޑް އަކީ އެޕަލް ގެ ގޭމިން ޕްލެޓްފޯމްއެވެ.

އެޕަލް ގެ މި ހިދުމަތްތައް ދޭން ފެށި ގައުމުތަކުގެ ތެރޭގައި އެފްރިކާ، ޔޫރަޕް، އޭޝިއާ-ޕެސިފިކް އަދި މެދުއިރުމަތީގެ ބައެއް ގައުމުތައް ހިމެނެ އެވެ. އެއާއެކު މި ހިދުމަތްތައް މިހާރު އިތުރު 52 ގައުމަކަށް ލިބިގެންދާނެއެވެ.

އެޕަލް އިން ރާއްޖެ ހިމެނޭނެހެން 20 ގައުމަކަށް މި ހިދުމަތްތައް ފުޅާކުރާކަން އިއުލާނު ކޮށްފައިވަނީ މި ދިޔަ މަހުގެ ތެރޭގައެވެ.

އެޕަލް ގެ މި ހިދުމަތްތައް ފުޅާ ކުރިކަން އިއުލާނު ކުރަން ނެރުނު ބަޔާނުގައި އެޕަލްގެ ހިދުމަތްތައް އިތުރު އެތައް ގައުމެއްގެ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި އެޕަލް މިއުޒިކާއި އިންޓަނޭޝަނަލް ކޮންޓެންޓުގެ ނައިބު ރައީސް ވިދާޅުވެފައިވެއެވެ.

އަދި މި ހިދުމަތްތަކާ އެކު އަލަށް އެތައް ކަސްޓަމަރުންނަކަށް މިއުޒިކާއި ގޭމިން އާއި ޕޮޑްކާސްޓްގެ އާ ތަޖުރިބާތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޕް ސްޓޯރު މިހާރު 175 ގައުމަކާއި ރީޖަންއަކަށް ލިބޭއިރު އެޕަލް މިއުޒިކް ވަނީ 167 މާކެޓަކަށް ވަނީ ފުޅާކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!