Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހިތަދޫ ސްވަރޭޖް ޕަމްޕް ސްޓޭޝަނެއްގައި ބަޔަކު ރޯކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫ ސްވަރޭޖް ޕަމްޕް ސްޓޭޝަނެއްގައި ބަޔަކު ގަސްދުގައި ރޯކޮށްލައިފިއެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް(ސޯބެ) ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި ހިދުމަތްތަކެއް ހުއްޓުމެއް ގެންނަން ވެގެން ރާވައިގެން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދައި ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހިތަދޫ ފެނަކަ ޕަމްޕް ސްޓޭޝަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް މިއަދު ހަވީރު 4:53 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، އަލިފަންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް