ދުނިޔެ

ކޮވިޑް-19 އަށް ޓެސްޓް ކުރުމުގައި ދުނިޔެ ލަދުގަންނަވާލީ ރާއްޖެ ވަރުގެ ކުޑަކުޑަ އައިސްލެންޑް

ދެން އެމްވީ ، ދެން އޮންލައިން

364,000 މީހުންގެ އާބާދީ އެއް އޮންނަ ކުޑަކުޑަ އައިސްލެންޑް ފާހަގަ ކުރެވިގެން ދިޔައީ ކޮވިޑް-19 އަށް އެންމެ ގިނަ ބަޔަކު ޓެސްޓްކުރެވުނު ޤައުމުގެ ގޮތުގައެވެ. ފުޅާ ދާއިރާ އެއްގައި މިގައުމުން ހިންގި ޓެސްޓް ކުރުމުގެ ހަރަކާތުގެ މައުލޫމާތު ހާމަ ކުރި، ނިއު އިންގްލެންޑް ޖަރނަލް އޮފް މެޑިސިން ގައި އޮތް ލިޔުމެއްގައި ވާ ގޮތުން، ނޭވާލާން އުނދަގޫ ވުމާއި ކެއްސާ ރޯގާ ޖެހިފައިވާ މީހުންނާއި މިބަލި ފެތުރިފައިވާ ހިސާބުތަކަށް ދަތުރުކުރި މީހުނަށް އިސްކަންދީގެން މި ޓެސްޓްތައް ފެށީ ޖެނުއަރީ 31 ގައެވެ. މިއީ ޗައިނާއިން މިބަލި އިތުރުވާން ފެށި ހިސާބެވެ. މިގައުމުން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނިފައިވަނީ، މިގައުމުގައި ހުޅުވާލައިގެން ޓެސްޓްކުރަން ފެށިތާ އެއް މަސް ފަހުން، ފެބްރުއަރީ 28 ގައެވެ. އެއީ އިޓަލީއަށް ދަތުރުކޮށްފައިވާ އައި މީހެއްގެ ފަރާތުންނެވެ.

Ads by Sosun Fihaara

އައިސްލެންޑްގައި އެންމެ ފުރަތަމަ ޓެސްޓް ކުރަން ފެށީ، އާންމުންނަށް ހުޅުވާލައިގެން 10،797 އާންމުންނާއި، ސަރުކާރުގެ ފަރާތުން ހޮވާލާ 2،283 މީހުން ޓެސްޓް ކުރުމަށް އަމާޒު ކޮށްގެންނެވެ. މީގެ ތެރެއިން އަމިއްލަ އަށް އިސްނަގައިގެން ޓެސްޓް ކުރި މީހުންގެ ތެރޭގައި ހިމެނެނީ ކޮންމެވެސް ވަރަކަށް މި ރޯގާގެ ޢަލާމާތް ހުރި މީހުންނެވެ. މީގެ ތެރެއިން 87 (%0.8) އަދި ރެންޑަމްކޮށް ޓެސްޓް ކުރި މީހުންގެ ތެރެއިން 13 މީހުން (%0.6) މިބައްޔަށް ޕޮޒިޓިވް ވިއެވެ. އޭޕްރިލް 20 އާއި ހަމައަށް އައިސްލެންޑްގެ 43،000 މީހުން ޓެސްޓް ކުރެވި އޭގެ ތެރެއިން 1،778 މީހުންނަށް ބަލި ޖެހިފައިވާ ކަން ވަނީ ޔަގީން ވެފައެވެ. މީގެ ތެރޭގައި ގިނަ މީހުންނަކީ އެއްވެސް ޢަލާމާތެއް ނުފެންނަ މީހުންނެވެ.

މިއަދު އައިސްލެންޑްގެ 8 އިންސައްތައަށް ވުރެ ގިނަ މީހުންވަނީ މިބައްޔަށް ޓެސްޓް ކުރެވިފައެވެ. މިއީ ބޮޑެތި ގައުމުތައް ކަމަށްވާ އެމެރިކާ، ފްރާންސް، ޖަރުމަނު އިޓަލީ ފަދަ ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑުތައް އިތުރު އަދަދެކެވެ.
ޓެސްޓް ކުރުމުގެ މި މަރުޙަލާގައި އެގައުމުން ފާހަގަ ކުރެވިފައިވާ ކަންތައް ތަކުގެ ތެރޭގައި 10 އަހަރުންދަށުގެ ކުޑަކުދިންނާއި އަންހެނުންނަށް މިބަލި ޖެހޭ ނިސްބަތް، ބޮޑެތިމީހުންނާއި ފިރިހެނުންނަށް ވުރެ މަދެވެ. މިހެން މިކަންވަނީ ޖިސްމާނީ ގޮތުން ހުންނަ ރައްކާތެރި ކަމެއްގެ ސަބަބުން ކަމެއް ނުވަތަ ކުޑަކުދިންނާއި އަންހެނުން، ބަލިޖެހިފައިވާ މީހުންނާއި ބައްދަލުވެ އުޅޭވަރު މަދުވުމުން ކަމެއް ޔަގީނެއް ނޫނެވެ.

އައިސްލެންޑްގައި ވައިރަހަށް ޓެސްޓް ކުރެވި ޕޮޒިޓިވް ވާ މީހުންގެ ކިބައިން ހުމުގެ އަލާމާތް ފެންނަނަމަ 10 ދުވަހަށް ނޫނީ އަލުން ޓެސްޓް ކުރެވި ނެގަޓިވް ނަތީޖާ އަންނަންދެން އެހެން މީހުންނާއި ވަކި ކުރެވެއެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ބައްދަލުވި މީހަކު ނަމަ 14 ދުވަސް ވަންދެން އެކަހެރި ކުރެވެއެވެ.
ދުރާލާ ގިނަ ބަޔަކު ޓެސްޓް ކުރެވި އެކަހެރި ކުރެވުމުގެ ނަތީޖާއެއްގެ ގޮތުން އޭޕްރިލް 09 އިން ފެށިގެން، މިގައުމުން އަލަށް މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ ވަރަށް ބޮޑަށް އަންނަނީ ވަމުންނެވެ. އައިސްލެންޑް ސަރުކާރުން ހާމަކުރިގޮތުގައި، މިގޮތަށް ދުރާލާ ގިނަ ބަޔަކު ޓެސްޓް ކުރަން ނިންމީ އެމެރިކާގެ ފަރާތުން ފިލާވަޅު ލިބިގެން ކަމަށާއި ނަމަވެސް ހިތާމައަކީ މިކަން އެމެރިކާގައި ތަންފީޒު ކުރެވެމުން ނުދާތީއެވެ. އެމެރިކާއަކީ އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވް ވި ގައުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!