ދުނިޔެ

އުމުރުން 50އިން މަތީގެ މީހުނާއި ބަރުދަން އިތުރު މީހުން ގެއިން ނުނިކުމެ މަޑު ކުރުމަށް އިނގިރޭސިވިލާތުގެ ސިއްޙީމާހިރުން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ސައިންޓިސްޓުންގެ ފަހުގެ ހޯދުންތަކުން ދައްކާގޮތުން، 50 އިން މަތީ އުމުރުގެ މީހުންނާއި ބަރުދަން އިތުރުމީހުންނަށް، ކޮވިޑް-19 ޖެހުމުގެ ފުރުސަތު ބޮޑުވުމުން، އެ ފަރާތްތަކުން އެއްގޮތަކަށްވެސް ގެއިން ނުނިކުމެ ތިބުމަށް ސިއްޙީ ތަޖުރިބާކާރުން ގޮވާލައިފިއެވެ.

Ads by Sosun Fihaara

އޮކްސްފޯޑްގައި މެޑިކަލް ރިސަރޗް ލެބެއް ހިންގާ މައިކް ފިޝަރ މިކަމަށް ގޮވާލީ، އިނގިރޭސިވިލާތުގެ ގިނަ ބަޔަކަށް މިބަލި ޖެހި ފަރުވާ ކުރުމުގައި އުނދަގޫތައް ކުރިމަތި ވެފައިވާ ދަނޑިވަޅެއްގައި، އާންމުންނާއި ސިއްޙީ އެހީތެރިންގެ ފުރާނަ ސަލާމަތް ކުރުމަށެވެ.
މައިކް ފިޝަރގެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އަވަސްފަރުވާއަށް އެޑްމިޓް ކުރެވިފައިވާ މީހުންގެ ތެރެއިން 54 އިންސައްތައަކީ 50-69 އަހަރުގެ މީހުންނެވެ. އަދި ސީރިއަސް ޙާލަތުގައި ތިބި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ހުންނަންވާ ވަރަށްވުރެ ބަރުދަން އިތުރު މީހުންނެވެ. އެހެންކަމުން ސައިންޓިސްޓުން ވަނީ، 60 އިން މަތީގެ އެންމެން އެކަހެރި ކުރުމަށް ސަރުކާރުން ގޮތްތަކެއް އެކުލަވާލުމަށް ގޮވާލާފައެވެ.

ޗައިނާ އަދި އިޓަލީގެ ތަފާސް ހިސާބުތަކުން ވެސް އެނގޭގޮތުގައި، 60 އިން މަތީގެ މީހުންނަށް ކޮވިޑް-19 ޖެހިއްޖެނަމަ އެބަލީގައި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑުތަން އިތުރުވެއެވެ. އަދި އުމުރުން 70 އިން މަތީގެ މީހުންނަށް މިނުރައްކާ އިތުރަށް ބޮޑު ވެގެންދެއެވެ.
މައިކް ފިޝަރ އިތުރަށް ހާމަ ކުރި ގޮތުގައި މި މެސެޖަކީ ވަރަށް ސާފު މެސެޖެއް ކަމާއި، ފަރުދީ ޒިންމާ ނަގައިގެން ގޭގައި މަޑުކުރުމަކީ މިވަގުތަށް އެންމެ ރައްކާތެރި ގޮތް ކަމަށެވެ. އެހެން ނޫނީ ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި ފަރުވާ ނުދެވޭ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާނުވެ ބަލިޖެހޭ މީހުން އިތުރުވާނަމަ ނަތީޖާއަކަށް ވާނީ މިހާރެކޭ އެއްގޮތަށް އުމުރުން 50 އިން މަތީގެ މީހުންގެ ތެރެއިން ޚާއްސަ ފަރުވާއަށް ފޮނުވާ މީހުންގެ 51 އިންސައްތަ މީހުން މަރުވެގެން ދިޔުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގައި މިހާރު އިރުޝާދު ދެނީ ސިއްޙީ މައްސަލަތައް ހުންނަ މީހުންނާއި ދިފާޢީ ނިޒާމް ބަލިކަށި މީހުން ބޭރަށް ނިކުމެ އުޅޭނަމަ އިޖުތިމާޢި ގައިދުރުކަން ބެހެއްޓުމުގައި އިތުރަށް ފަރުވާތެރިވުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!