Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ޙަރަމްފުޅުގައި ތަރާވީޙް ނަމާދު ކުރާނީ އެތަނުގެ މުވައްޒަފުން ، ކުރާނީ 10 ރަކުޢަތް

ފެތުރެމުންދާ ކޮވިޑް19ގެ ނުރައްކަލާއެކު މުސްލިމުންގެ މުޤައްދަސް ޤިބްލަ ކަމަށްވާ މައްކާގެ ޙަރަމްފުޅާއި އަދި މަސްޖިދުލް ނަބަވީގައި ރަމަޟާންމަހުގެ އަޅުކަން ކުރެވޭނެ ގޮތް ސައޫދީ އަރަބިއްޔާއިން އިޢުލާން ކޮށްފިއެވެ.

މި އިޢުލާންގައިވާ ގޮތުން ކޮންމެ ރަމަޟާން މަހެއްގައި އެތައް ހާސް ބައެއް މީހުން ބައިވެރިވާ ތަރާވީޙް ނަމާދު އެ ދެ ޙަރަމްގައި މިފަހަރު ކުރާނީ ހަމައެކަނި އެތަނުގެ މުވައްޒަފުންނާއެކުއެވެ. އަދި ކުރީއަހަރުތަކުގައި ކުރާ 20 ރަކުޢަތް މިފަހަރު ވަނީ 10 ރަކްއަތަށް ބަދަލުކޮށްލާފައެވެ. ހަމައެހެންމެ އެތައް ލައްކަ މީހުންނެއް އަދާ ކުރާ އުމްރާގެ އަޅުކަން މިއަހަރު ހުއްޓާލާފައިވާއިރު ދެ ޙަރަމްފުޅުގައި ވެސް މިއަހަރު އިޢުތިކާފް ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މަސްޖިދުލްޙަރަމް އާއި މަސްޖިދުލް ނަބަވީގައި ވެސް ރޯދަ ވީއްލުމުގެ ޖަމާޢަތްތައް މަނާކޮށްފައިވާއިރު ސައުދީ ސަރުކާރުން ވަނީ ރޯދަ ވީއްލުމަށް ''ފުޑް ބާސްކެޓް'' ތަކެއް މައްކާއާއި މަދީނާގައި ބެހުމަށް ނިންމާފައެވެ. ހަމައެއާއެކު މަސްޖިދުލް ޙަރަމް އަށް ކަށު ނަމާދަށް ވަންނަ މީހުންނަށް އެކަމުގެ ހުއްދަ ދޭނި ވެސް އެމީހުންގެ ޞިއްޙީ ޙާލަތަށް ބެލުމަށްފަހުގައި ކަމަށް ސައޫދީން ބުނެފައިވެއެވެ.

Advertisement
Allied Insurance — Square (box)

ރަމަޟާން މަހާއި ގުޅިގެން ސަޢޫދީ އަރަބިއްޔާއިން މިފަދަ ފިޔަވަޅުތަކެއް އެޅިއިރު އެގައުމުގައި މިހާރު 12 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑްގެ ޝިކާރައަކަށްވެފައެވެ. އަދި 100 އަށްވުރެ ގިނަ މީހުން އެބަލީގައި މަރުވެގެން ގޮސްފިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް