ދުނިޔެ

ޕްރިންސް ލުއީގެ ދެވަނަ އުފަން ދުވަސް ފާހަގަކުރަން ބޭނުން ކުރީ ކޭޓް އަމިއްލައަށް ނަގާފައިވާ ފޮޓޯ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ޝާހީ ތަހުތާއި 2 ވަނައަށް އެންމެ ގާތުގައި ހުރި ޕްރިންސް ވިލިއަމްގެ އެންމެ ހަގު ދަރިފުޅު، ޕްރިންސް ލުއީ ގެ އުފަން ދުވަސް، މަންމަ ކޭޓް މިޑްލްޓަން ނަގާފައިވާ ފޮޓޯތަކެއް ބޭނުންކޮށްގެން ފާހަގަ ކޮށްފިއެވެ. މި ފޮޓޯ ތަކަކީ އިނގިރޭސިވިލާތުގެ ސިއްޙީ އެހީތެރިންގެ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމަށް، ވިއްސާރަދުނީގެ ކުލަތައް ބޭނުންކޮށްގެން އަތުގައި ކުލަޖައްސައި ތައްގަނޑު ޖެހި ދުވަހެއްގެ ފޮޓޯ ތަކެކެވެ.

Ads by Sosun Fihaara

މިގޮތަށް ވިއްސާރަ ދުނީގެ ކުލަތަކުން ސިއްޙީ އެހީތެރިންނަށް ހިތްވަރު ދިނުމުގެ އާދަ ފެށުނީ އިޓަލީވިލާތުންނެވެ. އަދި މިހާރު މިއީ ހުޅަނގުގެ ގިނަ ގައުމުތަކެއް ގައި ކުރަމުން އަންނަ ކަމެކެވެ. މި ފޮޓޯތަކުން ފެންނަނީ، ނޫކުލައިގެ ގޮޅިޖެހި ގަމީހެއްގައި ހުރި ކުޑަކުޑަ ލުއީގެ އަތުގައި ކުލަޖައްސައިގެން ވަރަށް އުފަލުން ހުންނަ މަންޒަރެކެވެ. ލުއީގެ އަތުން ތައްގަނޑު ޖަހާފައިވާ ކުރެހުން މިހާރު ހުރީ އެމީހުން ދިރިއުޅޭ ގަނޑުވަރުގެ ފާރުގައި ހަރުކުރެވިފައެވެ.

ކޭޓް އަދި ވިލިއަމްގެ ދެމަފިރިންގެ ޒާތީ އަދި ރަސްމީ ދިރިއުޅުމުގައިވެސް، ސިއްޙީ އެހިތެރިންނާއި ގާތްގުޅުމެއް ބާއްވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއްފަހަރު، ސިއްހީ އެހީތެރިންގެ މަސައްކަތަށް ހިތްވަރު ދިނުމަށް ބާއްވާ "އަތްޖެހުމުގެ" ހަރަކާތުގައި މި ދެމަފިރިންގެ 3 ކުދިންވެސް ބައިވެރި ކުރެއެވެ.


ލުއީ އަކީ އެހެން ގިނަ ކުދިންނެކޭ އެއްގޮތަށް ދުވުމާއި ހަރަކާތްތެރިވެ އުޅުމަށް ލޯބި ކުރާ ކުއްޖެކެވެ. މިދުވަސްވަރު ލޮކްޑައުންގައި ތިބެން ޖެހުމުން މިދުވަސްވަރު ގިނަ ވަގުތު ހޭދަ ވަނީ ބޭބެ ޖޯޖް އަދި ދައްތަ ޝަރލޮޓް އާއި އެކު ކުޅުމުގައެވެ. ނަމަވެސް ވީޑިއޯ ކޯލްގެ ޒަރީއާއިން ކެމީލިޔާ އަދި ޗަލްސް އާ ބައްދަލުވެ ވާހަކަ ދައްކާ އުޅެއެވެ.

ވިލިއަމް، ލުއީ ފާހަގަ ކުރަނީ ދޮށި ދެކުދިންނަށް ވުރެ ހަލަނި ކުއްޖެއްގެ ގޮތުގައެވެ. އެގޮތުން ބީ. ބީ. ސީ އާ ވާހަކަ ދައްކަމުން ވިލިއަމް ބުނީ ފޯނުގައި މީހަކު ހުރެއްޖެނަމަ ފޯނު ކަނޑާލުމަކީ ލުއީ ވަރަށް ބޭނުންވާ ކަމެއް ކަމަށެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!