ޚަބަރު

ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު އާއްމުކޮށްފި، ޒަކާތް ދައްކަން ޖެހޭނީ އޮންލައިންކޮށް

ޒަކާތް ދައްކަން ޖެހޭ މިންވަރު އާންމުކޮށްފި އެވެ. ތިރީގައި އެވަނީ ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގު

  • އާދައިގެ ހަނޑޫ - 15 ރުފިޔާ
  • ތައިލެންޑު ހަނޑޫ - 48 ރުފިޔާ
  • ބާސްމަތީ ހަނޑޫ - 105 ރުފިޔާ
  • ރަތް ހަނޑޫ - 65 ރުފިޔާ
  • އާދައިގެ ފުށް - 12 ރުފިޔާ
  • އާޓާ ފުށް - 55 ރުފިޔާ

މި ދުވަސްވަރު މާލެ ލޮކްޑައުން ކޮށްފައިވާތީ ފައިސާ ދެއްކޭނީ އޮންލައިން މެދުވެރިކޮށެވެ. އެގޮތުން ދިރާގާ އުރީދޫ އަދި ބޭންކް އޮފް މޯލްޑިވްސްއާ އިސްލާމިކް ބޭންކު މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު އޮތް ހާލަތު ރަނގަޅު ހާލަތަކަށް ބަދަލުވެއްޖެނަމަ އިސްލާމިކް މިނިސްޓްރީން ވެސް ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި ގޮވާމުން ފައިސާ ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްްސާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!