ޚަބަރު

ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލާގައި ދެމީހަކު ހައްޔަރު ކޮށްފި އެވެ.

Ads by MWSC

ފުލުހުން ބުނީ މި މަހުގެ 24 ވަނަ ދުވަހުގެރޭ ފުލުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދައްކައި އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި މައްސަލައެއްގައި ރޭ ދަންވަރު 2:33 ހާއިރު މާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައި ވަނީ މައްސަލަގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ފުލުހުންނަށް މަރުގެ އިންޒާރުދޭ ވީޑިއޯއެއް ވަނީ މީސް މިޑިއާގައި އާންމުވެފައެވެ. އެ ވިޑީއޯގައި މަރުގެ އިންޒާރުދީފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު މަޖީދީމަގުން އެ މީހާ ސައިކަލްގައި ދުއްވާފައި ދަނިކޮށް ދިޔަ ދެ މީހަކު ފުލުހުން ހުއްޓުވުމާއި ގުޅިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!