ޚަބަރު

އެމްޑީޕީގެ އެތެރޭގައި ބަޣާވާތެއް ކުރަން އުޅެނީތޯ މޫސަ ސުވާލު އުފައްދަވައިފި

ދެން އެމްވީ ، ދެން އޮންލައިން

އެމްޑީޕީގެ އެތެރޭގައި ބަޣާވާތެއް ކުރަނީތޯ ކުރީގެ މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސަ މަނިކު ސުވާލު އުފައްދަވައިފިއެވެ.

Ads by MWSC

މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ ދައުރުގައި މަޖިލީހުގެ ރައީސަކަށް ހުންނެވި އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން އިދިކޮޅުން ފޮނުވާ މައްސަލަތައް ތާށި ކުރައްވާ ކަމުގެ ތުހުމަތު ކުރެވުނު ކަމަށާއި ނަމަވެސް މިހާރު ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮވެ ސަރުކާރުން ފޮނުވާ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީސްތެރެއިން ތާށިކުރާ ކަމަށެވެ.

"މެޖޯރިޓީއަކީ ސަރުކާރު. އެމްޑީޕީގެ އެތެރޭގެ ބަޣާވާތެއް ބާ؟" މޫސަ ސުވާލު ކުރެއްވި އެވެ.

64 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ އެމްޑީޕީގެ އަތުގައެވެ. ނަމަވެސް މިފަހުން މަޖިލީހަށް ހުށައެޅޭ ގިނަ މައްސަލަތަކުގައި ގޮތް ނުނިމި ލަސް ވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަދި ސަރުކާރުން މަޖިލީހަށް ބިލެއް ހުށައެޅުުމުން އެ ބިލް ފާސް ކުރުމަށް ދެކޮޅު ހަދާ އެމްޑީޕީގެ ތެރެއިން އެފަދަ ބިލްތައް ހުށައަޅާތައް ފެންނަމުން ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!