ދުނިޔެ

ނައިޖީރިޔާގެ ސްކޫލް ބަހެއް އެކްސިޑެންޓުވެ، ދަރިވަރުންނާއެކު 21 މީހަކު މަރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނައިޖީރިއާގައި ސްކޫލް ބަހެއް އެކްސިޑެންޓުވެ ހިނގި ނުރައްކާތެރި ހާދިސާގައި ދަރިވަރުން ހިމެނޭހެން 21 މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. "ދަ ސަން" ކިޔާ ނޫސް މަޖައްލާ އަކުން ބުނާ ގޮތުގައި އެ  ދަތުރުގައި ޖުމްލަ 50 މީހުން ބައިވެރިވިއެވެ. މީގެތެރޭގައި ސްކޫލް ޓީޗަރުންގެ އިތުރުން ދަރިވަރުން ހިމެނެއެވެ.

ނައިޖީރިޔާގެ އިރުދެކުނު އެނޫގޫ ސްޓޭޓުގެ ހައިވޭއެއްގެ މަތިން ދަނިކޮށް މި އެކްސިޑެންޓް ހިނގާފައި ވަނީ މަގުން ކައްސާލައިގެން ދިއުމުގެ ސަބަބުންނެވެ.

ނައިޖީރިއާގެ ފެޑެރަލް ރޯޑް ސޭފްޓީ ކޯޕްސްގެ އޮފިޝަލަކު ވިދާޅުވީ، އެކްސިޑެންޓުވި ބަހުން ޖުމްލަ 51 މީހަކު ދަތުރުކުރި ކަމަށެވެ.

މި ހާދިސާގައި 21 މީހަކު މަރުވެފައިވެއެވެ. އަދި ގިނަ ބަޔަކަށް އެކި ވަރުގެ ޒަޚަމް ލިބިގެން ފަރުވާދެމުން  ދާއިރު މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ސްކޫލް ޓީޗަރުންނާއި އާންމުން ވެސް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް އިދާރާތަކާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެފަރާތްތަކުން ބުނަމުން އަންނަނީ މި ހާދިސާ ހިނގީ ބަސް ދަތުރު ކޮށްފައި ދިޔަ މަގުގެ ފެންވަރު ދަށްވުމުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!