ވިޔަފާރި

75 ރުފިޔާ އަށް 3ޖީބީ ލިބޭ ޑޭޓާ ޕެކޭޖެއް ދިރާގުން ތައާރަފް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާ އަށް 3 ޖީބީގެ ޑޭޓާ ލިބޭ ވެލިއު ޕެކޭޖެއް ދިރާގުން ތައާރަފް ކޮށްފިއެެވެ.

Ads by STELCO

އަންނަ މެއި މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮފަރ ގައި ހިމެނޭ ޕެކޭޖުގެ މުއްދަތަކީ 7 ދުވަހެވެ. އަދި މި ޕެކޭޖު އެކްޓިވޭޓް ކޮށްލެވޭނީ ދިރާގު އެޕް މެދުވެރިކޮށެވެ.

މި އޮފަރ އަކީ ކޮވިޑް19 އާއި ގުޅިގެން ކަސްޓަމަރުންނަށް ލުއި ތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފް ކުރި ޕެކޭޖެއް ކަމުގައި ދިރާގުން ބުނެފައިވެއެވެ.

ދިރާގުން ވަނީ ކޮވިޑް19 ކޮންޓްރޯލު ކުރުމަށްޓަކައި އާންމުން ގޭގައި މަޑުކޮށްގެން ތިބޭ ތިބުމުގައި ޑިޖިޓަލް ކަނެކްޓިވިޓީގެ ހިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާކަން ހާމަކޮށްފައެވެ.

އަދި މިކަމުގެ ސަބަބުން ފާއިތުވި މަސްތަކުގައި ކުރިން ބޭނުން ކުރާ މިންވަރަށް ވުރެ އިތުރަށް އިންޓަނެތުގެ ހިދުމަތް ބޭނުން ކޮށްފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެެވެ.

ދިރާގުން ވަނީ މީގެ ކުރިންވެސް ކޮވިޑް19 ގެ ސަބަބުން ކަސްޓަމަރުންނަށް ގިނަ ލުއި ފަސޭހަތަކެއް ފަހިކޮށްދީފައި ކަން ފާހަގަކޮށްލަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!