ޚަބަރު

ތިން ބޯޓަކާއި މަސް ދޯންޏެއް ކަރަންޓީނު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ދަތުރުކުރާ މުދާ އުފުލާ ތިން ބޯޓަކާއި، މަސް ދޯންޏެއް ކަރަންޓީން ކޮށްފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް-19ގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ތިން ބޯޓަކާއި މަސް ދޯންޏެއް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އެއީ އަމާޒު ބޯޓާއި، ކާވިޔާ ބޯޓާއި، ނޫފަރު އެކްސްޕްރެސްގެ އިތުރުން ދުރުރާސްތާ-8 މަސް ދޯންޏެކެވެ.

މި އުޅަނދުފަހަރު ކަރަންޓީން ކޮށްފައިވާ އެއިން ދަތުރުކުރި މީހަކު ފައްސިވުމާ ގުޅިގެންނެވެ.

އެ ބޯޓުން ދަތުރުކުރި އުލިގަމު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭނާއާ ކޮންޓެކްޓްވި އިތުރު މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެ ބޯޓް ވަނީ ހއ ގެ ފަސް ރަށަކާއި، ހދ ގެ ރަށަކަށް ދަތުރުކޮށްފައެވެ.

އޭގެ ފަހުން އަމާޒު ބޯޓްގެ ކެޕްޓަންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަމާޒް ބޯޓުގައި 98 މީހަކު ދަތުރު ކުރި އެވެ. އަދި އެ ބޯޓް 13 ރަށެއްގައި ޖައްސާފައި ވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!