އޮސްޓްރިއާ މީހަކު ކަރަންޓީނު ކުރަން ސިވިލް ކޯޓު އަމުރެއް ނެރެފި
ޮމާލޭގައި ދިރިއުޅޭ އޮސްޓްރިއާ މީހަކު ކަރަންޓީނަށް ދާން ދެކޮޅު ހެދުމުން ސިވިލް ކޯޓު އަމުރެއްގެ ދަށުން ކަރަންޓީނަށް ގެންގޮސްފިއެވެ.
ސިވިލް ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، ރޭ މެންދަމު ކަރަންޓީނަށް ދިއުމަށް ދެކޮޅުހެދި އޮސްޓްރިއާގެ ރައްޔިތެއްގެ މައްޗަށް ކަރަންޓީނަށް ދިއުމަށް އެންގުމާ އެކު އެމީހާ ކަރަންޓީން ފެސިލިޓީއެއްގައި ބަންދުކުރުމަށް އެކަމުގައި ޝާމިލްވާ ފަރާތްތަކާއި ފުލުހުންގެ މައްޗަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށެވެ.
މިކަމުގެ އިތުރު ތަފްސީލެއް އެ ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައިވާއިރު، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު އޮންނަ ގޮތުން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން އެޗްޕީއޭ އިން އަންގާ އެންގުންތަކަށް އަމަލު ނުކުރާ ނަމަ، ސިވިލް ކޯޓު އަމުރެއްގެ ދަށުން އެކަން ކުރަން އެންގިދާނެ އެވެ.
އަދި މިފަދަ މައްސަލަތައް ފަސޭހައިން ހުށަހެޅޭނެ ގޮތް ވެސް ސިވިލް ކޯޓުން ވަނީ ހަމަޖައްސާފައެވެ.
މީގެ ކުރިން ވެސް ސިވިލް ކޯޓުން ވަނީ ދެ ދިވެހިން ކަރަންޓީނު ކުރުމަށް މި ފަދަ އަމުރެއް ނެރެފައެވެ. މިއީ ބިދެސީއަކު ކަރަންޓީނު ކުރަން ކޯޓު އަމުރެއް ނެރުނު ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލަން ޖެހެއެވެ.