ޚަބަރު

ރާއްޖޭގައި 50 ގައުމެއްގެ 187 ފަތުރުވެރިން ނުފުރިފަ އެބަތިބި: އަލީ ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި މިވަގުތުވެސް 50 ގައުމެއްގެ 187 އަށް ވުރެ ގިނަ ފަތުރުވެރިން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ތިބީ، 10 ރިސޯޓެއްގެ ޓޫރިސްޓުން ކަމަށާ، އެ ހުރިހާ ޓޫރިސްޓުން މިހާރު ތިބީ ޑްރީމް އައިލެންޑް ރިސޯޓުގައި ކަމަށެވެ.

"ރާއްޖޭގައި އެބަތިބި 50 ގައުމެއްގެ މީހުން. އެ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ހާރިޖީ ވުޒާރާއާ ގުޅިގެން މިދަނީ މަސައްކަތް ކުރަމުން،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޓޫރިސްޓުން ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ، ފުލުހުންނާއި ސިފައިން ގުޅިގެން ކަމަށެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެއް މީހުންނަށް އަނބުރާ ގައުމަށް ދެވޭނެ ގޮތް އިންތިޒާމުކޮށްފައިވެއެވެ. އެގޮތުން އެގައުމުތަކުން ފުލައިޓުތައް ރާއްޖެ އައިސް އެމީހުން އަނބުރާ ގައުމުތަކަށް ގެންގޮސްފައިވެއެވެ. އަދި މޯލްޑިވައަނުން ވަނީ ބައެއް ފަތުރުވެރިންނާއި މަސައްކަތްތެރިން ގައުމުތަކަށް ގެންދިއުމަށް ހާއްސަ ޗާޓާޑް ދަތުރުތަކެއް އިންތިޒާމުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!