އިތުރު ފެސިލިޓީތައް ގާއިމްކޮށް ތޮއްޖެހިގެން އުޅޭ ބިދޭސީން އެތަންތަނަށް ބަދަލު ކުރަނީ
އިތުރު ފެސިލިޓީތައް ގާއިމްކޮށް ތޮއްޖެހިގެން އުޅޭ ބިދޭސީން އެތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް އެކުލަވާލާފައިވާ ޓާސްކް ފޯހުން، ރައިސްގެ އިރުޝާދާ އެއްގޮތަށް ކުރިއަށް އޮތް ހަފްތާ ތެރޭގައި އިތުރު ފެސިލިޓީތައް މާލެއިން ބެރުން ގާއިމްކޮށް މިސަރަހައްދުތަކުގައި މަސައްކަތް ކުރާ ބިދޭސީން އެތަނަށް ބަދަލުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގުޅީފަޅުގައި އާއި ވިލިވަރުގައި އާއި އަދި ހުޅުމާލޭގައި ގާއިމް ކުރާ އިތުރު ކަރަންޓީނު ފެސިލިޓީސް ތައް ނުވަތަ އެކޮމޮޑޭޝަން ފެސިލިޓީސްތައް އެމީހުން ބައިތިއްބާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ބަދަލުކުރާ ކުރުމުގައި ވެސް އިންސާނީ ކަރާމާރަތަށް ވިސްނާނެ ކަމަށާއި އަދި އެ މީހުންނަށް މާލެ އިން ލިބޭ ހިދުމަތަށް ވުރެ ރަނގަޅު ހިދުމަތެއް ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އަލީ ވަހީދު ވިދާޅުވީ މާލޭގެ ބާޒާރު މަތީގެ ސަރަހައްދު ނުވަތަ ބާޒާރު މަތީގައި ހިމެނޭ ފިހާރަތުގެ ކްލާސްޓާ އަކީ މާލެއިން ފެނުނު ކޭސްތަކުގެ އެންމެ ގިނަ ކޭސްތައް ގުޅިފައިވާ ކްލާސްޓާތައްކަން ސާފުވެފައިވާ ކަމަށެވެ.