ޚަބަރު

ކޮވިޑް ޖެހުނު ބައެއް މީހުންނާ ބައްދަލުވެ، ބައެއް މިނިސްޓަރުން އައިސޮލޭޝަނަށް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް ޖެހުނު ބައެއް މީހުންނާ ބައްދަލުވެ، ބައެއް މިނިސްޓަރުން އައިސޮލޭޝަނަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ، ފަސްޓް ޑައިރެކްޓް ކޮންޓެކްޓާއި ގުޅިގެން މިވަގުތު ބައެއް ވަޒީރުންވެސް އައިސޮލޭޝަންގައި އެބަ ތިބި ކަމަށެވެ.

އައިސޮލެޝަންގައި ވަޒިރުންތަކެއް ތިބިކަން އަލީ ވަހީދު ހާމަ ކުރެއްވި އިރު، އެއީ ކޮންކޮން ވަޒީރުންނެއް ކަމެއް ނުވަތަ ކިތައް ވަޒީރުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

"ހަމަ މަސައްކަތަށް ނުނިކުމެ ގޭގައި މަޑުކުރަން ޖެހިފައި، އަޅުގަނޑުމެން ތަރުތީބުވެފައި ވާނީ މިކަމުގައި އަޅުގަނޑުމެން އެންމެން ޑްރޮޕްވެގެން ނުދާހެން ބަހާލައިގެން". އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ޑިފެންސް މިނިސްޓަރ މާރީއާ ދީދީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން، ޕްލޭނިންގ މިނިސްޓަރ އަސްލަމްގެ އިތުރުން، އޭނާވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެކަކު ނެތް ނަމަ، އަނެކަކު ހުންނާނެ ކަމަށާއި، ވަޒީރުންގެ މަޖިލީހާއެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދިވެހި ސަރުކާރު ތަރުތީބުކޮށްފައިވާ ކަމަށެވެ. އަދި އެކަން ތަރުތީބުކޮށްފައި ވަނީ މި ހާލަތު ކޮންމެ ނުރައްކާ ހާލަތަކަށް ދިޔަ ކަމުގައިވިޔަސް މެނޭޖް ކުރެވޭނެ ގޮތަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ބައެއް ވަޒީރުން އައިސޮލެޝަންގައި ތިއްބެވި އިރު، ބައެއް ވަޒީރުންނަކީ، ކޮވިޑާ ގުޅިގެން ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކުގައި ވަރަށް "އެކްޓިވް" ކޮށް އުޅުއްވާ ވަޒީރުންނެވެ. ބައެއް ވަޒީރުން ފަތުރުވެރިންނާއި، ބިދެސީންނާ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާފައި ވެއެވެ. އެކިއެކި ކަރްނޓީން ފެސިލިޓީތަކަށް ޒިޔާރަތް ކުރެއްވުމާއި، ފެސިލިޓީތަކުގެ މަސައްކަތް ބައްލަވާ އިނިސްޕެކްޓް ކުރެއްވުމުގައިވެސް އުޅުއްވާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!