Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިތުރު 5 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ރާއްޖެއިން އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިތުރު ފަސް މީހަކު ފައްސިވެފައިވާކަމަށާއި މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 250 އަށް އަރާފައިވާ ކަމަށެވެ.

އަދި މިއަދު އެކަނި ވެސް މިހާތަނަށް 21 މީހަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ.

Advertisement
Allied Insurance — Square (box)

މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތައް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް، ގިނަ ބައެއްގެ ސާމްޕަލްތައް ނެގުމަށް މަސައްކަތް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް