ޚަބަރު

އިތުރު މީހަކު ފައްސިވެ، ނަރުދޫއިން ބަލި ޖެހުނު މީހުންގެ އަދަދު 8 އަށް

ދެން އެމްވީ ، ދެން އޮންލައިން

ށ. ނަރުދޫއިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ނަރުދޫން ޖުމްލަ 8 މީހަކު ފައްސިވެފައިވާ ކަމަށާއި އެ 8 މީހުންނަކީ ވެސް "އަމާޒު" ބޯޓު ކެޕްޓަންއާ ގުޅުން ހުރި މީހުން ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވުމާ ގުޅިގެން މިހާތަނަށް ބެލިބެލުމުން ގިނަ ބަޔަކާއި ކޮންޓެކްޓް ވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ބޯޓު ކެޕްޓަން ކޭސްއާ ގުޅިގެން ނުވަ މީހަކު ފައްސިވެފައިވާއިރު 8 މީހުން ނިސްބަތްވަނީ ނަރުދޫއަށް ކަމަށާއި އަނެއް މީހާއަކީ އެ އަތޮޅު މިލަންދޫއަށް ނިސްބަތްވާ މީހެއް ކަމަށެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ނިސްބަތްވާ ނަރުދޫގައި މިހާރު މުޖުތަމައުގައި ބަލި ފެތުރޭކަމަށް ބެލެވޭތީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ޑރ.އަފްޒަލް ވަނީ ވިދާޅުވެފައެވެ.

98 މީހުންނާއެކު ށ.ނަރުދޫއަށް ދަތުރުކުރި "އަމާޒު" ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ފައްސިވެފައިވާއިރު، އެ ބޯޓު ވަނީ ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައެވެ.

އެގޮތުން ށ.މާއުނގޫދޫ، ފީވަށް، މިލަންދޫ، ގޮއިދޫ، ނަރުދޫ އަދި ނ އަތޮޅުން ހޮޅުދޫ މާފަރު، މިލަދޫ، ކެނދިކޮޅުދޫ އަދި ވެލިދުއާއި ހދ. ހިރިމަރަދޫ، ކުޅުދުއްފުށި, ހއ. އުތީމު، ދިއްދޫ. ބ.ކެންދޫ ވަނީ މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!