ޚަބަރު ލައިފްސްޓައިލް

ހޫނުގަދަ ދުވަސްދުވަހު ބޮލަށް އެނބުރުން އަރަނީތަ؟ ހާސްނުވޭ، މިއޮތީ ހައްލު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަވިގަދަ ދުވަހެއްގައި އަވީގައި އިރުކޮޅަކު މަޑު ކޮށްލިޔަސް ބޯ އަނބުރާ ގޮތް ވޭ ހެއްޔެވެ ؟ ނުވަތަ ހޫނު ގަދަ ދުވަހެއްގައި އަވީގައި ކަސްރަތު ކުރުމުން އަވަހަށް ވަރުބަލިވޭ ހެއްޔެވެ ؟ މިއީ ތިބާ އަށް އެކަނި މެދުވެރިވާ ކަމެއް ނޫންކަން ގައިމެވެ. މިކަމުގެ ފަހަތުގައި ވާ ސިއްރުތައް ސައިންސްވެރިން މިވަނީ ހާމަ ކޮށްފައެވެ.

Ads by MWSC

ބްލަޑް ޕްރެޝާ ދަށްވުން

މާ އަވަހަށް ބޯ އަނބުރާ ނަމަ އެއީ ބްލަޑް ޕްރެޝާ އާއި ހުރި ގުޅުމެއް ކަމަށް ވެދާނެއެވެ. އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ އޮލްޑްރިކް ރަތަޖްޒަކް ވިދާޅުވާ ގޮތުގައި ހޫނު ދުވަސްތަކުގައި ބްލަޑް ޕްރެޝާ ރަނގަޅު މިންވަރެއްގައި ބެހެއްޓުމަށް ސަމާލުކަން ދޭ މިންވަރު އިތުރު ކުރަން ޖެހެ އެވެ. އިންސާނާގެ ހަށިގަނޑުގައި ލޭ ދައުރުވާގޮތް ބަލަހައްޓައިދޭ މައި ގުނަވަނަކީ ސިކުނޑިއަށް ވުމުން ލޭ ދައުރުމުވަމުން އަންނަ ކުޑަ ބަދަލާ އެކުވެސް ބޯ. އެނބުރުމަށް މަގު ފަހިވެއެވެ.
ދާހިއްލުން

ހޫނު ދުވަސްތަކުގައި މާ ގިނައިން ދާހިއްލުމަކީ އާންމު ކަމެކެވެ. އޭގެ ސަބަބުން ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެއެވެ. އެހެންކަމުން ހަށިގަނޑުން ބޭރުވާ ފެނުގެ މިންވަރަށް ފެން ނުބޮވޭނަމަ ވެސް ބޯ އަނބުރާ ގޮތް ވެއެވެ.

ހޫނު ދުވަސްތަކުގައި ބޯ އެނބުރުމަކީ ހަށިގަނޑަށް ނުރައްކާތެރި އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އެގޮތުން މާ ގަދަޔަށް ބޮލުގައި ރިއްސާ، ދާހިއްލައި، ނޭވާލާން އުދަގޫވުން އަދި މާ ބޮޑަށް ކަރުހިއްކާ ނަމަ ސްޓްރޯކް ޖެހުމަށް ވެސް މަގު ފަހިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގިނައިން ފެން ބުއިމަށް އާދަކޮށް ހިޔާ ދޭ ތަނެއްގެ ހުރުމަށް އިސްކަން ދޭށެވެ.

މީގެ އިތުރުން ބޯ އެނބުރުމުން ސަލާމަތް ވުމަށްޓަކައި އަންނާރު ޖޫސް ވެސް ބޭނުން ކުރެވިދާނެއެވެ. އަދި މެންދުރު އެންމެ ހޫނު ގަދަ ވަގުތުގައި ބޭރަށް ނިކުމެ އުޅޭނަމަ ތޮފި، އަދި އައިނު އެޅުމަށް އިސްކަން ދޭށެވެ. އަދި ގިނައިން ފެން ބޯށެވެ. އަދި ކޮފީ ފަދަ ބުއިންތައް މަދުކުރާށެވެ. އެއީ މީގެ ސަބަބުން ހަށިގަނޑަށް ފެން ލިއްބައިދޭ މިންވަރު މަދުވާނެތީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!