Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އިންސާނިއްޔަތުކަމުގެ ބަދަލު މި އަސަރުގަދަ ވީޑިއޯއިން

ސްޕޭންއަކީ މުޅި ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހުނު ގައުމެވެ. ބަލިޖެހޭމީހުނާއި މަރުވާ މީހުންގެ އަދަދު ގިނަކަމުން މުޅި ގައުމުގައި އޮތީ ހާސްކަމާއި ބިރުވެރި ކަމެވެ. މި ހާސްކަމުގެ ތެރޭގައި އެއް ޓެކްސީ ޑްރައިވަރުގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލަށް ދާންބޭނުންވާ މީހުން ހޮސްޕިޓަލަށް ގެންގޮސް ގެނެސްދީ ހެދުމެވެ. އެއްވެސް އަގަކާއި ނުލައެވެ. ހިލޭ ސާބަހަށް އިންސާނިއްތަށް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. މިގޮތަށް އަބަދު ބަލި މީހުން އުފުލުމުގައި އުޅޭތީ މީނާވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދިނެވެ.

އެއްދުވަހަކު ހޮސްޕިޓަލުން ގުޅާފައި ހޮސްޕިޓަލުގައި ހުރި ބަލި މީހަކު ގެއަށް ގެންދަން ބޭނުން ވެއްޖެކަމަށް ބުންޏެވެ. ޑްރައިވަރު އަވަހަށް ހޮސްޕިޓަލަށް އައެވެ. މާސްކް އަޅައިގެން އައިސް ހޮސްޕިޓަލްގެ ދޮރުމައްޗަށް އެރުމާއި އެކު އޭނާއަށް ލިބުނީ ހީވެސް ނުކުރާވަރުގެ ބޮޑު ހައިރާން ކަމެކެވެ. ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ތިބީ އޭނާގެ އިސްތިގްބާލުގައި ކޮޅަށެވެ. ދޮރުން އެތެރެއަށް ވަނުމާއި އެކު އެންމެން އަތްޖަހަންފެށިއެވެ.

Advertisement
HDC — Sidebar (box)

In Spain, a taxi driver was known for taking patients to the hospital, free of charge .. One day, he got a call to pickup a patient from the hospital. When he arrived, doctors and nurses surprised him with a standing ovation, plus an envelope of money.

Posted by Madan Kulkarni on Sunday, April 19, 2020

އެއްވެސް އެދުމެއްނެތި ކޮށްދެމުން ދިޔަ މަސައްކަތެއްގެ އަގު މިފަދަ ގޮތަކަށް ލިބިދާނެކަމެއް އޭނާގެ ޚިޔާލަށްވެސް ނުގެނެވެއެވެ. ޑްރައިވަރުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. ދެން ހޮސްޕިޓަލްގެ ފަރާތުން އޭނާއަށް ދިނީ އޭނާ ކޮވިޑް-19 އަށް ނެގަޓިވް ވެފައިވާ ކަމުގެ ލިޔުމަކާއި ފައިސާ އަޅާފައިވާ ސިޓީ އުރައެކެވެ. ވިސްނާ މީހަކަށް މީ ވަރަށް ބޮޑު ޢިބުރަތެކެވެ. ކޮންމެ ހެޔޮކަމެއްގެ ބަދަލުވެސް ލިބޭނެ ދުވަހެއް އަންނާނެއެވެ. ޑްރައިވަރުގެ ދުވަހަކީ މިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް