ޚަބަރު

ޑެލިވަރީ ހުއްދަތައް 48 ގަޑިއިރު ތެރޭ ބާތިލް ވާނެ، ދެން ޖެހޭނީ އަލުން ހުއްދަ ނަގަން: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ވިޔަފާރި ކުރުމަށާއި ޑެލިވަރީ ކުރުމަށް ދޫކޮށްފައިވާ ހުރިހާ ހުއްދައެއް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ބާތިލް ވާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިރޫޝް ވިދާޅުވީ، މީގެ ކުރިން ޑެލިވަރީ ޕާމިޓްތައް ދޫކުރެވިފައި ވަނީ މާބޮޑަށް އޮގަނައިޒް ނުކުރެވި ކަމަށެވެ. އަދި މިގޮތަށް ޕާމިޓްތައް ދޫކުރެވިފައި ހުރުމުގެ ސަބަބުން ބައެއް ފަރާތްތަކުން މި ޕާމިޓްތައް އެންމެ ރަނގަޅު ގޮތުގައި ބޭނުން ނުކުރާކަން ފާހަގަ ކުރެވިފައި ވާކަމަށް އޭސީޕީ ވިދާޅުވި އެވެ.

އޭސީޕީ ވިދާޅުވީ، އެއްވެސް އޮގަނައިޒް އެއް ނެތި ފާސްތައް ދޫކުރެވިފައި ހުރުމުން މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންނަށް އެ ފާހާހަށް ބެލުމުން އެއީ ކޮންފަރާތަކަށް ދުކުރެވިފައިވާ ފާހެއް ކަން ނޭގޭތީ މި ފާހަށް ބަދަލުގެންނަށް ނިންމީ ކަމަށެވެ.

އެގޮތުން މިހާރު ބޭނުން ކުރާ ފާސް 48 ގަޑި އިރުގެ ތެރޭގައި ބާތިލު ވާނެ ކަމަށާއި އަލަށް ހެދޭ ފާސްތަކުން އެ ފާހަކީ ކޮން ފަރާތަކަށް ދޫކޮށްފައިވާ ފާހެއްކަން އެނގިގެންދާނެ ކަމަށް އޭސީޕީ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!