ލައިފްސްޓައިލް

އާއިލީ ގުޅުން ދަމަހައްޓަން މަސައްކަތް ކުރާށެވެ. މި ގުޅުން ހީނަރުވެގެންދިޔަ ނުދޭށެވެ.

ރައުފާ ރަޝީދު ، ދެން އޮންލައިން

އާއިލީ ގުޅުމަކީ އެހާމެ މާތް އަދި އެހާމެ މުހިއްމު ގުޅުމެކެވެ. އާއިލީ ގުޅުން ނުވަތަ ލޭގެ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނާނެކަމަށް އަންގަވާފައިވެއެވެ. މިކަން މިހެން އޮތްއިރު މި ގުޅުން ދެމެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. ކިތަންމެ ދުރުގައި ތިބެން ޖެހުނަސް މުވާސަލާތުގެ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި މި ގުޅުން ދެމެހެއްޓުމަކީ މާއުނދަގޫ ކަމެއް ނޫނެވެ.

Ads by STELCO

އާއިލީ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. އެގޮތުން ހަފްތާގެ ކޮންމެވެސް އެއް ދުވަހެއް ކަނޑައަޅާ ވަގުތު ހޭދަކުރާށެވެ. މަސައްކަތުގެ މައިދާނުގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް މި ކަންތައް ކޮއްލަން ވަގުތު ކޮޅެއް ހުސްކޮށްލާށެވެ. މިއީ އާއިލީ ގުޅުން ވަރަށް  ބޮޑަށް ބަދަހި ކޮށްްދޭކަމެކެވެ.

ދުރުގައިވާ މައިންބަފައިންނާ ކޮންމެ ދުވަހަކުވެސް ގުޅައިގެން ވާހަކަ ދައްކާލާށެވެ. އެމީހުންގެ ހަޔާތުގެ ގިނަ ދުވަސްތައް އަހަރެމެންނަށްޓަކައި ގުރުބާންކުރިއިރު، އެކަމުގެ އަގުވަޒަން ކޮށްދެވޭތޯ ބަލާށެވެ.

އާއިލާ ތެރޭގައި ޖެހޭ ކުދިކުދި މައްސަލަތައް އަވަހަށް ހައްލު ކުރުމަކީ ވެސް އާއިލީ ގުޅުން ދެމެހެއްޓުމަށް ޓަކައި މުހިންމު ކަމެކެވެ. މައްސަލައެއް ޖެހޭ ހިނދު ވާހަކަ ދައްކާ އެކަމެއް ހައްލު ކޮށްލަން ވާނެއެވެ. ޖެހޭ ކުދިކުދި މައްސަލަތަކާ ހެދި އަނެކާއާ މެދު ރުޅި އިސް ނުކޮށް ގޮތް ދޫކުރުމާއި މާފްކުރުން އާދަޔަކަށް ހަދާށެވެ. އާއިލާ މީހަކު އެހީއަކަށް އެދުމުން އެކަމެއް ވީވަރަކުން ކޮށްދެވޭތޯ ބަލާށެވެ.

އެއްއާއިލާއެއް އަނެއްއާއިލާއާ ދެމެދު އޮންނަންވާ ގާތްގުޅުން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަކު އަނެކަކަށް ގުޅައި ހާލު ބަލާލާށެވެ. ދިމާވެ ވާހަކަ ދައްކާލާށެވެ. މަސައްކަތުގައި ކިތަންމެ ބުރަކޮށް އުޅޭމީހަކުވެސް އާއިލާއަށް ކޮންމެވެސް ވަގުތުކޮޅެއް ހުސްކުރުމަކީ ކޮށްލެވޭނެ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!