މުނިފޫހިފިލުވުން

އިރްފާން ޚާންގެ މަރުގެ ކަރުނަ ނުހިނދި އުޅެނިކޮށް ރިޝީ ކަޕޫރުވެސް މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ސުޕަރސްޓާރ ރިޝީ ކަޕޫރު މަރުވެއްޖެއެވެ. މަރުވި އިރު އުމުރަކީ 67 އަހަރެވެ.

Ads by STELCO

ރިޝީ ކަޕޫރު މަރުވެފައިވަނީ ކެންސަރަށް ފަރުވާ ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް މިއަދުގެ ފަތިހުގެ ވަގުތެއްގައި ސަރ އެޗްއެން ރިލަޔަންސް ފައުންޑޭޝަން ހޮސްޕިޓަލުގައެވެ. މަރުވި އިރު އޭނާގެ ގާތުގައި އަންހެނުން ނޭތޫ ކަޕޫރު ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޝީ ކަޕޫރު މަރުވި ކަމަށް ރިޝީގެ ބޭބެ ރަންދީރު ކަޕޫރްވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފައެވެ.

ރިޝީ ކަޕޫރަށް 2018 އަހަރުވަނަ އަހަރު ކެންސަރު ޖެހި ދެ އަހަރު ވަންދެން ނިއުޔޯކް ގައި ފަރުވާ ހޯދާފައިވެއެވެ. ރިޝީ އަށް ޖެހުނީ ބްލަޑް ކެންސަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑްގެ އިތުރު ފަންނާނެއް ކަމަށް ވާ އިރުފާން ޚާން އިއްޔެ މަރުވިއިރު އޭނާ ވެސް މަރުވެފައިވަނީ ކެންސަރު ޖެހިގެންނެވެ. ރިޝީގެ މަރާއެކު ބޮލީވުޑަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި މިއީ ބޮލީވުޑަށާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބުނު ބޮޑު ހުސްކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!