ރިޕޯޓް

ބަނގްލަދޭޝް މަސައްކަތްތެރިއެއްގެ ހިތްދަތި ދިރިއުޅުން: ރޯދަ ހިފަނީ އެއްޗެއް ނުކައި ހަމައެކަނި ފެން ބޮއެގެން

ދެން އެމްވީ ، ދެން އޮންލައިން

"ޕޮލިސް ދައްތާ... އަހަރެން ހެލްޕު ބޭނުން. ވޯކް ނެތީ.. ސެލެރީ ނެތީ.. ކާން ނުލިބެނީ... ފެން ބޮއެގެން ރޯދަ ހުންނަނީ..

Ads by MWSC

ޑިއުޓީ ނިންމާފައި ގެޔަށް ދިޔަ ފުލުހެއް ފެނިގެން ބަންގްލަދޭޝް ރައްޔިތަކު ކަރުނު އަޅަމުން ބުނީ އެހެންނެވެ. ހަމަގައިމުވެސް އަމިއްލަ ވަޒަނާއި ލޯބިވާ އާއިލާ ދޫކޮށް، އާމްދަނީ ހޯދުމުގެ ފޮނި އުންމީދުގައި ބަނގްލަދޭޝް މަސައްކަތްތެރިން ރާއްޖެ އަންނަނީ މަގުމަތީގައި ސަލާން ޖެހުމަކަށް ނޫނެވެ.ވީއިރު އެ މަސައްކަތްތެރިން ރާއްޖެ ގެނައި ދިވެހިން ކޮބާ ހެއްޔެވެ؟

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް 19 ވައިރަސް މިއަދު މިދަނީ ކޮންކްރީޓް ޖަންގަލީގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ މާލެ ސިޓީގައި ވެސް ވަރަށް ހަލުވިމިނުގައި ފެތުރެމުންނެވެ. މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައިވާއިރު، ބިކަ ހާލުގައި ޖެހިފައިވާ އެއްބަޔަކީ ބަނގްލަދޭޝް އަށް ނިސްބަތްވާ މަސައްކަތްތެރިންނަށެވެ.

މަތިވެރިވެގެންވާ ރަމަޟާން މަހުގެ ދުވަސްތައް އަޅުގަނޑުމެން ވޭތު ކުރަމުންދާއިރު އަހަރެމެންގެ ހިތުގައި އޮންނަ ޖެހޭ އިންސާނިއްޔަތުކަން ކޮބައި ހެއްޔެވެ؟ ވަޒީފާ ދޭނެ ކަމުގެ ފޮނި އުންމީދުތައް ދެއްކުމަށް ފަހު ރާއްޖެ ގެންނަ ބަންގްލަދޭޝްގެ ރައްޔިތުން މަގުމަތިވުމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

ބަންގްލަދޭޝް ރައްޔިތުންނަކީވެސް ހަމަ އިންސާނުންނެވެ. މިއޮތް ފަދަ ރޯދަ މަހު ބައެއް މީހުން ރޯދަ ހިފަނީ ހާރުދަމުގައި އެއްޗެއް ނުކައި ހަމައެކަނި ފެން ބޮއެގެންނެވެ. ހިތްފަޅައިގެންދާހާ ވަރުވެއެވެ. އަހަރެމެންގެ އިންސާނިއްޔަތުކަން ކޮބައިހެއްޔެވެ؟

ހަމައެއާއެކު މި "ފުލުސް ދައްތަ"އަށް ސާބަހެވެ. ކާ އެއްޗެއް ނުލިބިފައިހުރި ބަނގްލަދޭޝްމީހާ އަށް އެއްޗެހި ގަނެދީ ތިދެއްކެވި ނަމޫނާއަށް ޓަކައި ފަޚްރުވެރިވަމެވެ. ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. ތިބާ އަށާއި ތިބާގެ ޢާއިލާއަށް ތަނަވަސްކަމާއި ރައްކާތެރިކަން އަދި އުފާ ފާގަތިކަން ދެއްވާށިއެވެ. އާމީން!

މިސްކީނުންނާއި ޔަތީމުންނަށް ކާންދޭ މީހުންގެ ވާހަކަ ސޫރަތުލް އިންސާންގައި ﷲ ބަަޔާން ކުރައްވާފައިވެއެވެ.

﴿8﴾ وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ.

﴿9﴾ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا

(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!