ކުޅިވަރު

ރެސިޕީ: ކެރަމަލް އޮރެންޖު ޕުޑިން

ބޭނުންވާ ތަކެތި:

10 ބިސް

1 ދަޅު ގެރިކިރު (ޑަބަލް ޕީޗް)

½ ސަމްސާ ވެނީލާ އެސެންސް

½ ޖޯޑު އޮރެންޖް ދިޔަ

ރަހަލާވަރަށް އޮރެންޖް ތޮށިކޮޅެއް ގާނާފައި

ކުޑަ ހަކުރުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

އިލެކްޓްރިކް ހޭންޑް މިކްސާ އެއްގައި ނުވަތަ މިކްސަރެއްގައި ބިސް އަދި ގެރިކިރު ގިރާލުމަށްފަހު ފުރާނާލާށެވެ. އެއައްފަހު އޭގެ ތެރެއަށް ވެނީލާ އެސެންސް، އޮރެންޖް ދިޔަ އަދި ގާނާލާފައި ހުރި އޮރެންޖް ތޮށިކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ޓްރޭއެއްގައި ހަކުރު ދިޔާކުރުމަށްފަހު ކުރިން ގިރިބައި ޓްރޭއަށް އަޅާލާށެވެ.

ޕުޑިންގ ފިހުމަށް، ރައިސް ކުކަރަށް 2 ޖޯޑު ފެން އަޅާފައި ތަރުކާރީ ސްޓީމް ކުރާ ބައިގެ މައްޗަށް ޓްރޭ ލާށެވެ. އަދި 15 މިނެޓްވަންދެން ކައްކާލާށެވެ. ޕުޑިންގ ފިހެވުމުން ފިނިކުރުމަށްފަހު ކާންވީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!