ދުނިޔެ

އަމިއްލަ ޓެސްޓް ކިޓް އުފައްދާ، ދުވާލަކު އެއްލައްކަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އިންޑިޔާއިން އަމާޒު ހިފައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާއިން ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޓެސްޓް ކުރާ އަދަދު އެއްލައްކައަށް މަތިކުރުމުގެ އަމާޒުގައި މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

އެހެން ގައުމު ތަކެކޭ އެއްގޮތަށް އިންޑިޔާގައި ވެސް އިޢުލާން ކޮށްފައިވާ ލޮކްޑައުން އާއި އެކު، އިސްސަފުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންނާއި ފަރުދާގެ ފުރަގަހުގައި ތިބި ޓެކްނިކަލް މީހުންވެސް ރެއާއި ދުވާލު ނިދުމެއް ކެއިން ބުއިމެއް ނެތި މަސައްކަތް ކުރަމުންދަނީ މި ބަލިމަޑުކަމުން އަރައިގަނެވޭތޯއެވެ.

ބަލި ފެތުރެން ފެށި އިރު އިންޑިޔާއަށް އެންމެ ދަތިވީ ޓެސްޓް ކިޓްތައް ހޯދުމަށެވެ. ޓެސްޓް ކިޓްތައް ލިބެން ފެށި ނަމަވެސް އެއީ އެހެން ގައުމުތަކަށް ބަރޯސާވާން ޖެހޭ ކަމަކަށްވުމުން މިކަން އަވަހަށް ނިންމާލެވޭތޯ އިންޑިޔާ އިން ނުފުރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވަން ވަނީ ގަސްތުކޮށްފައެވެ. މާނައަކީ އިންޑިޔާއިން އަމިއްލައަށް ޓެސްޓް ކިޓް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޔޫނިއަން މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ، ހެލްތު އެންޑް ފެމިލީ ވެލްފެއަރ އެންޑް އަރތު ސައިންސަސް، ޑރ. ހަރްޝް ވަރްދަން ވިދާޅުވީ، މިއަންނަ ޖޫން މަސް ނިމުމުގެ ކުރިން އަމިއްލަ އާރް.ޓީ-ޕީ.ސީ.އާރް އަދި އެންޓިބޮޑީ ޓެސްޓް ކިޓްތަކެއް އުފައްދައިގެން، ދުވާލަކަށް އެއްލައްކަ މީހުން ޓެސްޓުކުރުމަށް އެންމެން ވަނީ އެއް އަމާޒެއް ހިފާފައި ކަމަށެވެ.

އިންޑިޔާއިން މިހާތަނަށް ކޮވިޑް-19 އަށް 35،043 މީހަކު ޕޮޒިޓިވްވެ، މިބަލީގައި 1،154 މީހަކު ވަނީ މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!