ދުނިޔެ

ކޮވިޑް-19 ގައި ނިއުޔޯކުން މަރުވި މީހުންގެ އަދަދު 18،000 އަށް ، މަގުތައް މަތީ ގަބުރުތައް ކުނިވަނީ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ނިސްބަތުން ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމަކީ، އަދި އެންމެ ގިނަ މީހުން މަރުވަމުންދާ ގައުމަކީ ވެސް އެމެރިކާއެވެ. އެމެރިކާގައި މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސްޓޭޓަކީ ނިއުޔޯކްއެވެ. އެގޮތުން ނިއު ޔޯކުން މަރުވި މީހުންގެ އަދަދު 18،000 އަށް އަރައިފިއެވެ. މިހާ ގިނަ އަދަދަކަށް މީހުން މަރުވަމުން ދިއުމާއި އެކު މަރުވާ މީހުންގެ ގަބުރު ތަކަށް ހަދަންވީ ގޮތެއް ނޭނގި މަގުތައް މަތީގައި ސަންދޯއްތަކުގައި ކުނި ވަމުންދާ ކަމުގެ ޚަބަރުތައް ލިބެމުން އެބަދެއެވެ.

Ads by WAMCO

ނިއުޔޯކުން ކުރިން އަމަލު ކުރަމުން ދިޔަ ގޮތަކީ ބޮޑުވަޅެއް ކޮނުމަންފަހު ގިނަ މީހުން އެއް ވަޅެއްގައި ވަޅުލުމެވެ. ނަމަވެސް އެގޮތަށް ވެސް އެކަން ނުކުރެވި ގިނަ އަދަދެއްގެ ސަންދޯއް މަގު މަތީގައި ހުރެގެން ކުނިވެ އާންމުންނަށް އެކަމުގެ އުނދަގޫ ވަމުންދާތީ، އެކަމުގެ ޝަކުވާ އުފުލަމުން ދެއެވެ. މަރުވާ މީހުންގެ ޖަނާޒާގެ ކަންތައް ކުރާ ތަނެއްގެ ކައިރީގައި ޓްރަކްތަކަކަށް އަރުވާފައިވާ ސައްދޯއް ތަކަކުން ކުނި ވަސް ދުވާތީ، އާންމުން 911 އަށް ގުޅުމުން އެކަން ބެލި ބެލުމުން އެތަނުގައި ޕާކް ކޮށްފައިވާ ޓްރަކްތަކުން 50 ސަންދޯއްވަނީ ފެނިފައެވެ. މިއީ ކޮވިޑް-19 ޖެހިގެން މަރުވި މީހުންކަން ޔަގީން ނުވި ނަމަވެސް މިގޮތަށް މަގުމަތީގައި ގަބުރު ކުނިވެފައި ހުރުމަކީ ކުރިން ނިއުޔޯކްގައި ފެންނަ މަންޒަރެއް ނޫނެވެ.

ކޮވިޑް-19 ގައި މަރުވާ މީހުން ވަޅުލުމުގައި، ނިއުޔޯކަށް އުނދަގޫތައް ކުރިމަތިވާން ފެށި މަރޗް ކުރީކޮޅުން ފެށިގެންނެވެ. ހޮސްޕިޓަލްތަކުން އަންނަނީ ފިނިކުރެވޭގޮތަށް ހުންނަ ޓްރަކްތަކަށް ސަންދޯއްތައް ލުމަށްފަހު ޖަނަޒާގެ ކަންތައް ކުރާ ފަރާތްތަކާ ހަވާލު ކުރަމުންނެވެ.

އެމެރިކާއިން މިހާތަނަށް 60،000 މީހުންވަނީ މިބަލި ޖެހިގެން މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!