ދުނިޔެ

ލަންކާގެ ލޮކްޑައުން އަށް ލުޔެއް ދޭނެ ކަމަށް އިޢުލާން ކުރުމާއެކު ކާރވް ދިޔައީ މައްޗަށް

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި ސްރީލަންކާގައި އެޅި ވަރުގަދަ ފިޔަވަޅު ތަކާއި އެކު ކޮވިޑް-19 ކޮންޓްރޯލް ކުރެވިއްޖެކަމަށް ބުނެ، ގައުމުގައި އޮތް ލޮކްޑައުން އަށް ލުޔެއް ދޭން މަސައްކަތް ކުރާކަމަށް ސަރުކާރުން އިޢްލާން ކުރިކަން ގިނަ މީޑީޔާތަކަށް އެރީ 19 އޭޕްރިލްގައެވެ.

Ads by WAMCO

ފިޔަވަހި ތަކަކަށް ބަހާލައިގެން އެކި ފަހަރު މަތިން އެކި ސަރަހައްދު ހުޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ނޫސް ތަކުން ފެނުމުން ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހިތްތަކަށް ވެސް އުފާވެރިކަން ލިބުނެވެ. ހިނގަމުން މިދަނީ ރަމަޟާން މަސް ކަމުން ކޮންމެވެސް ފަސޭހައެއް ވާނެކަމުގެ އުއްމީދުކުރެވުނެވެ.

ލަންކާގެ ހެލްތު މިނިސްޓަރ ވިދާޅުވީ އޭރު މަދުމަދުން އެ ފެނުނު ކޭސް ތަކަކީ މުޖުތަމައު ތެރެއިން ފެންނަ ކޭސްތަކެއް ނޫން ކަމަށާއި، އެއީ ޝައްކު ކުރެވިގެން ކަރަންޓީން ކުރެވޭ މީހުން ބައިތިއްބާ ކޭމްޕް ތަކުން ފެންނަ ކޭސް ތަކެއް ކަމަށެވެ. އެހެންކަމުން ލޮކްޑައުން އަށް ލުޔެއް ދީ އާންމު ދިރިއުޅުމާއި އިޤްތިސާދު ހުޅުވާލުމަކީ ރައްކާތެރިކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ. އޭރު ލަންކާއިން ފެނުނު ކޭސްތަކުގެ އަދަދު އުޅެނީ 250 ހިސާބުގައެވެ.

ނަމަވެސް ސަރުކާރުން މިކަން އިޢްލާން ކުރުމާއި އެކު ލަންކާއިން ބަލިޖެހޭ މީހުން ކުއްލިއަކަށް އިތުރުވެ، 10 ދުވަސް ތެރޭގައި ލަންކާއިން ކޮވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ދެ ގުނަ އަށް އިތުރު ވިއެވެ. 12 ވަރަށް ދުވަސް ފަހުން މިހާރު ލަންކާގައި 663 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓް ކޮށްފިއެވެ. އެންމެ ފަހުން ސަރުކާރުން އިޢްލާން ކޮށްފައިވަނީ 4 މޭ އިން ފެށިގެން، ލަންކާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ކޮލޮމްބޯ އޭރިޔާއަށް ވެސް ލުޔެއް ދޭނެ ކަމަށެވެ. ނަމަވެސް މި ނިންމުން އަދި ބަދަލު ވުމަކީ ވެސް ވަރަށް ގާތް ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!