24 ގަޑިއިރު ވަންދެން ކޮވިޑް-19އާ ދުރުކޮށްދޭ ބޭހެއް
މި އަހަރު ނިމުމަކާ ކައިރިވެފައި ވާއިރު ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކުރަމުންނެވެ. މިކަމަށް އަލި މަގެއް އަދި ފެނިފައެއް ނުވެއެވެ.
ވެކްސިނެއް ތަޢާރަފް ކުރެވުނު ކަމުގައި ވީ ނަމަވެސް ބޮޑެތި ދަތި ތަކާއި ކުރިމަތި ލާން ޖެހޭނެއެވެ. ވެކްސިން ދެވޭ މީހުން ފާހަގަ ކުރުމުގެ އިތުރުން މި ކަމަކީ ކުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކަމަކަށް ވުމުން ވެކްސިން ތައްޔާރުކުރަން ޖެހޭ އަދަދު ގިނަވެ، ފޮނުވަން ޖެހޭ ތަންތަން ގިނަވުމުންނެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގެ ސިޓީތަކަކީ ސިއްޙީ މާހިރުން ނުތިބޭ ތަންތަނަށް ވެފައި ވެކްސިން އެފަދަ ތަނަތަނަށް ފޮނުވައިގެން ވެކްސިން ޖެހުމުގެ މަސައްކަތް ކުރެވޭނެ ގޮތެއް ވެސް ބަލަން ޖެހެއެެވެ.
އެގޮތުން ކޮލަމްބިއާ ޔުނިވަރސިޓީއިން ތައްޔާރުކުރި މި ވެކްސިން އަކީ ނޭފަތަށް ޖަހާ ސްޕްރޭ އެއްގެ ގޮތުގައި ތައްޔާރު ކޮށްފައިވާ ވެކްސިން އެކެވެ މިހާތަނަށް ބެލި ބެލުމުން މި ވެކްސިން ވަނީ ކާމިޔާބުވެފައެވެ. މި ވެކްސިން ޖެހުމާއިއެކު ހަށިގަނޑުގައި ދައުރުވެ، ކޮވިޑް-19 އިން 24 ގަޑިއިރު ވަންދެން ރައްކާތެރި ކޮށްދޭނެއެވެ.
މި ވެކްސިން މިހާތަނަށް ކާމިޔާބުވީ ނަމަވެސް ކުރިޔަށް ބަލަންޖެހޭ އަދި އިތުރަށް ޓެސްޓު ކުރަންޖެހޭ ކަމަށް ރިސަރޗަރ އެންނޭ މޮސްކޯނާ އަދި މަޓިއޯ ޕޮރޮޓޯ ވަނީ ބުނެފައެވެ. އަދި މި ވެކްސިން ކާމިޔާބު ވެއްޖެނަމަ މިހާާރު ދުނިޔެ މި އޮތް ހާލަތުން އަރައިގަނެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.