މުނިފޫހިފިލުވުން

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ ބޮނީ ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ ސައެއް

ދެން އެމްވީ ، ދެން އޮންލައިން

މި މޭމަހުގެ އެއްވަނަ ދުވަހު 31 އަހަރު ފުރުނު ބޮލީވުޑްގެ ކުޅާދާނަ ބަޠަލާ އަނުޝްކާ ޝަރުމާ އަކީ، ގަވާއިދުން ކަސްރަތު ކުރުމާ، ހެދުން އެޅުމުގެ ވައްޓަފާޅީގެ ސަބަބުން ވެސް ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. ފިޓް ކަމާ ބައްޓަމަށް ބަލާލުމުންވެސް ކެއުމުގައި ރަގަޅު ކާނާ ކެއުމަށް ސަމާލުކަން ދޭކަން ލަފާކޮށްލާކަށް އުނދަގުލެއް ނުވާނެއެވެ.

Ads by Sosun Fihaara

ފަތްޕިލާވެލީގެ ބާވަތްތައް ނުވަތަ ހަރބަލް ތަކެއްޗަށް އިސްކަންދޭ އަނުޝްކާ ޝަރްމާގެ ފިރިމީހާ، މަޝްހޫރު ކްރިކެޓް ތަރި ވިރާޓް ކޯލީ އަކީ ވެސް ހަމަ އެހާމެ ފިޓް މީހެކެވެ. މި ދެމަފިރިންގެ ކެއުމާއި ބެހޭގޮތުން ސަޕޯޓަރުންނަށް ވަރަށް ގިނަ ކަންކަން ހިއްސާކޮށްފައިވެއެވެ. ލޮކްޑައުންގައި ގޭގައި ތިބެގެން ދިފާޢި ނިޒާމް ވަރުގަދަ ކުރުމުށް ވަރަށް މުހިންމު އިސްކަމެއް ދޭކަމަށް އަނުޝްކާ ހާމަ ކުރިއެވެ.

ލައިވްކޮށް ގެންދިޔަ ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން އަނުޝްކާ ބުނީ ރަނގަޅު ސިއްޙަތެއްގައި ހުރުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެކަމެއް ކަމަށެވެ. އަދި އެކަމަށް އޭނާ ބޭނުން ކުރަނީ އެހެން މީހުންގެ ބަދިގެ ތަކުންވެސް ވަރަށް ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ކަމަށްވާ، ރީނދޫ އަދި އަސޭމިރުސް ފަދަ ބާވަތްތަކެވެ. އަނުޝްކާގެ ދެމަފިރިންގެ ފިޓް ކަމުގެ ސިއްރު ކޮންމެ ގެއެއްގެ ބަދިގޭގައި ވާނެ ކަމަށް އަނުޝްކާ ބުންޏެވެ.

ދިފާޢީ ނިޒާމް ވަރުގަދަކުރުމަށް އަނުޝްކާ ހެނދުނުވެސް ބޮނީ ރީނދޫ، އަސޭމިރުސް އަދި އިނގުރު އަޅައިގެން ހަދާ ސައެކެވެ. އަނުޝްކާގެ ނަސޭހަތަކީ އެންމެންވެސް މި ފަދަ ސިއްހަތަށް ރަނގަޅު ސައެއް ބޭނުންކޮށް ދިފާޢީ ނިޒާމް ވަރުގަދަ ކޮށްގެން ތިބުމެވެ. އަދި ހަނދާން ނައްތާނުލާ، ވަރަށް މުހިންމު ކަމެއް ކަމަށް ދެކިގެން ގިނަގިނައިން ފެން ބުއިމަކީވެސް ހަމަ އެހާ މުހިންމު ކަމެއްކަން އަނުޝްކާވެސް ހަނދާން ކޮށްދިނެވެ.

އަނުޝްކާގެ މި ސަޔަކީ ވަރަށް ކުރިންފެށިގެންވެސް ބޭނުން ކުރަމުން އަންނަ، ދިފާޢީ ނިޒާމް ވަރުދަގަ ކުރުމުގެ އިތުރުން އެތައް ފައިދާ އެއް ލިބިދޭ އަދި މީރު ބުއިމެކެވެ. އެހެންކަމުން ކިރިޔާވެސް ވަންޏާ ކެއުމުގައި މިބައިބައި ހިމެނުމަކީ ރަނގަޅު ކަމެކެވެ. ރީނދުލާއި އަސޭމިރުހަކީ ހަށިގަނޑުން ވައިރަސް ދުރުކޮށްދީ ރައްކާތެރި ކުރުމަށް ޒަމާނުއްސުރެ ބޭނުންކުރާ ބާވަތްތަކެވެ. އަސޭ މިރުހަކީ އެތެރެހަށީގެ ދުޅައަށް އަދި ހަޖަމްކުރުމުގެ ނިޒާމަށްވެސް ނުހަނު ރަނގަޅު އެއްޗެކެވެ.

މިސަޔަކީ ވަރަށް ފަސޭހައިން ހަދާލެވޭ ސައެކެވެ. އިނގުރު، އަސޭމިރުސް ޗިސްކޮށްލުމަށްފަހު ރީނދޫ ކޮޅެއް އެއްކޮށްލުމަށްފަހު ހޫނުފެން އަޅާލުމުން އެ ނިމުނީއެވެ. ފޮނި ރަހަލައްވާލަން ބޭނުންނަމަ މާމުއި ފޮދެއް އެއްކޮށްލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!