މުނިފޫހިފިލުވުން

ކައްޕިގެ ހައްދެއް ނެތް ހިނިގަނޑާ ޓޮނީގެ ސަކަމިޒާޖު: ބަލާމީހުން ފޫހި ފިލުވާލާ!

ދެން އެމްވީ ، ދެން އޮންލައިން

ތަފާތު އެކި ހުނަރުތައް ދައްކުވައިދޭ ވީޑިއޯތައް އުފެއްދުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ މީހުންވެސް ކުރަމުން އަންނަ ކަމެކެވެ. މިފަދަ ތަފާތު ވީޑިއޯތައް އުފެއްދުމުގައި ބޭރު މީހުނެކޭ އެއްފަދައިން މިހާރު ދިވެހީންވެސް ގުނާލެވެއެވެ. ހެއްވާ މަޖާ ވީޑިއޯ އުފެއްދުމާއި އިބްރަތްތެރި ވީޑިއޯތައް އަދި އަމިއްލަ ކޮންޓެންޓް ވީޑިއޯތައް އުފެއްދުމުގައިވެސް އެންމެ ކުރީ ސަފުގައި ދިވެހީން ހިމެނެއެވެ.
އެފަދަ ތަފާތު ވީޑިއޯތައް އުފައްދަމުން އަންނަ އެއްބަޔަކީ ޅ. ނައިފަރަށް އުފަން މުހައްމަދު އިބްރާހިމް (ކައްޕި) އާއި އިބްރާހިމް ރިޝްވާން ރައޫފް (ޓޯނީ) އެވެ. ފޭސްބުކްގައި "ކައްޕި އޯރް ޓޯނީ" ގެ ނަމުން މަޝްހޫރުކަން ލިބިފައިވާ މި ދެ ފަންނާނުންނަށް އެތައް ބައެއްގެ ތަރުހީބު އަންނަނީ އޮހެމުންނެވެ.

ކައްޕި އާއީ ޓޯނީގެ އެދަތުރުގެ ވާހަކަ "ދެން" އާއި ހިއްސާ ކުރަމުން އެމީހުނާއެކު ކޮންމެ ކަމެއްގައި ބައިވެރިވާ، އަހްމަދު ޖަލީލް (ޖައްލެ) ބުނީ، ކައްޕި އާއި ޓޯނީގެ ހެއްވާ މަޖާ ވީޑިއޯތައް އުފައްދަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށެވެ. "އެކަން ފެށުނީ ގާތްގަނޑަކަށް 2012 ހާހިސާބުގަ. އެއްދުވަހު ކައްޕި އޮތީ ޓީވީން މުޙައްމަދު ރަސޫލުﷲ އަޅުވައިގެން ބަލަން. އިންދާ ޓޯނީ އެތަނަށް ދިޔައީ. ކައްޕި އަކީ އަބަދުވެސް ހެވިފަ ހުންނަ މީހެއް. ޓޯނީ ފެނިއްޖިއްޔާ ވެސް ހަމަ ކައްޕި އިނދެގެން ހޭނީ. ޓޯނީ އަކީ އަބަދުވެސް ސަކަރާތްޖަހާ ވަރަށް އެންޓަޓެއިނިންގ މީހެއް. ދެން ކައްޕި ޓީވީ ބަލަން އިންދާ ޓޯނީ ގޮސް ބޮލުގަ ތުވާއްޔެއް އަޅައިގެން އެ އެކްޓް އެދުވަހު ދެއްކީ. އެވަގުތު އަޅުގަނޑުގެ އަތުގަ ކެމެރާއެއް ވެސް އޮތީމަ ހަމަ ވަގުތުން ޖެއްސި ވީޑިއޯ އެއް އެއީ. ވަރަށް ގިނަ މީހުންނަށް އެވީޑިއޯ ކަމުދިޔަ. އަޅުގަނޑުމެންގެ ހުންނާނީ ވެސް ހަމަ ލައިވްކޮށް ނަގާފަ ހުންނަ ވީޑިއޯ" ޖައްލެ ބުންޏެވެ.

އެއަށްފަހު "ކައްޕި" އާއި "ޓޯނީ" ގެ މަޖާ ވީޑިއޯތައް ވަނީ ހަލުވި ސްޕީޑުގައި ފެށި، ކުރިއަރާފައެވެ. ވީޑިއޯތަކުން ވެސް ފެންނަ ގޮތުގައި ބޮޑަށް ސަކަރާތްޖަހާ، ހެއްވާ މަޖާ އެކްޓު ކޮށްފައިވަނީ ޓޯނީ ކަމުގައިވިޔަސް ކައްޕިގެ ހައްދެއް ނެތް ހިނިގަނޑު ފެންނަ މީހަކަށް ވެސް ނުހީ ނުތިބެވޭނެކަން ޔަގީނެވެ.

Reyge video aa gulhigen MODI ge call eh tony ah ♥️ thankyou india

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!