ދުނިޔެ

ޔަމަންގެ ކުޑަކުދިންނާއި އަންހެނުން ބަނޑަށް ޖެހިފައި، ޔޫއެންއިން ބުނެނީ އެހީތެރިނުވެއްޖެ ނަމަ ބަނޑަށް މަރުވާނެ ކަމަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ޔަމަންގެ ކުޑަކުދިންނާއި އަންހެނުން އަދި ފިރިހެނުންނަށް ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިފައިވާ ކަމަށް ޔޫއެން ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފިއެވެ.

Ads by WAMCO

ޔޫއެން ވޯލްޑް ފުޑް ޕްރޮގްރާމުގެ އެކްޒެކެޓިވް ޑިރެކްޓަރ ޑޭވިޑް ބާސްލީ ވިދާޅުވީ ޔަމަންގައި މިހާރު ކުރިމަތިވެފައިވާ ހާލަތަކީ ދުނިޔޭގައި މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާ ކަމަށެވެ. އަދި ޔަމަނުގެ 80 އިންސައްތަ މީހުންނަށް އެހީތެރިކަން ބޭނުންވާ ކަމަށްވެސް އެފަރާތުން ހާމަ ކުރެއެވެ.

"ވަގުތު ކުޑަތަން ވަނީ، މީހުން ބަނޑަށް މަރުވަން ފަށާފާނެ. ޔަމަންގައި ގިނަ ބަޔަކު ވަނީ ބަނޑަށް ޖެހިފައި. ކާނެ އެކެއްޗެއް ވެސް ނެތި، އެތައް ދުވަހަކު ކުޑަކުދިން ވެސް އެބަތިބޭ." ބާސްލީ ވިދާޅުވިއެވެ.

ޔަމަންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނާއި ކޮވިޑް-19ގެ ސަބަބުން އެޤައުމުގެ އިޤްތިޞާދީ ޙާލަތު ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. މިގޮތުން 30 މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް ޔޫއެންއިން ހާމަކުރެއެވެ.

2015 ވަނަ އަހަރު ސަޢުދީއިން އިތުރު ބައެއް ޤައުމުތަކާއިއެކު، އިރާންގެ ހޫތީންގެ އަތްދަށުން ޔަމަންގެ ވެރިރަށް ހޯދުމަށް ކަމަށް ބުނެ ހަނގުރާމަ ވަނީ ފަށާފައެވެ. އެހަނގުރާމަ އަދިވެސް ކުރިޔަށްދާއިރު، މިހާތަނަށް 100,000 މީހުން މި ހަމަލާ ތަކުގައި ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އާއްމުންގެ އެތައް ހާސް ބަޔަކު ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!