ރެސިޕީ: ދޮން އަނބު ފަޖް
މިއީ އަނބު މޫސުމަށް ވުމާއެކު މިފަހަރު މިއޮތީ ދޮންއަނބު ބޭނުން ކޮށްގެން ތައްޔާރު ކުރާ ފަޖް ރެސިޕީއެކެވެ.
މިރސިޕީއިން ތައްޔާރު ކުރެވޭނީ: ގާތް ގަނޑަކަށް 9 އެތިކޮޅެވެ.
ބޭނުންވާ ތަކެތި:
2 ދޮން އަނބު
½ ޖޯޑު ގެރިކިރު
75 ގްރާމް ހުނި (އެއީ ގާތްގަނޑަކަށް ¾ ޖޯޑު)
1 ސައިސަމުސާ ވެނީލާ އެސެންސް
2 މޭޒުމަތީ ސަމުސާ ބަޓަރު
ހަދާނެގޮތް:
1. އަނބުތައް މެށުމަށްފަހު ކޮށާލާށެވެ.
2. ދެން އަނބުކޮޅު މިކްސަރަށް އަޅައިގެން އޮމާން ޕޭސްޓް ގަނޑަކަށް ހަދާލާނީއެވެ.
3. ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު ބަޓަރު ކޮޅާއި ހުނިކޮޅު އެއަށް އަޅާލާށެވެ.
4. ބަޓަރުކޮޅު ގިރި ނަމަވެސް އެއަށް މުށިކުލަ އެރުމުގެ ކުރިން ދޮންއަނބު ޕޭސްޓް ގަނޑާއި ދެންހުރި ހުރިހާ އެހެން އެއްޗެއް ތެއްޔަށް އަޅާށެވެ.
5. މަޑުގިނީގައި ބަހައްޓައިގެން ތަވާތެރޭގައިވާ ތަކެތި ނިކަން އޮލަވެލަންދެން ކައްކާށެވެ. މިކަމަށް ނަގާނީ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓެވެ. ކެކެމުން ދާއިރު ގެންދަންވާނީ ގިރަމުންނެވެ. އެހެންނޫނީ އަރިމަތި ތަކުގައާއި ފުލުގައި ހިފާގޮތްވެދާނެއެވެ.
6. ކައްކާ ނިމުމުން ފަޖް ސެޓްކުރަން ބަހައްޓާނެ އެތީގެ ތެރެއަށް އެ އޮއްސާލާ ސަމުސަލެއްގެ އަނެއްފުށް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން މަތި އޮމާން ކޮށްލާށެވެ. އަހަރުމެން މިކަމަށް ބޭނުން ކުރީ 6 އިންޗީގެ ތަބަކެކެވެ. ކެއްކިތަކެތި އޮއްސާލުމުގެ ކުރިން ތަބަކުގެ ފުލުގައާއި އަރިމަތި ތަކުގައި ތެޔޮ ކޮޅެއް ނޫނީ ބަޓަރު ކޮޅެއް އުނގުޅާލިއްޔާ ފަހުން ނައްޓާލަން ފަސޭހަވާނެއެވެ.
7. ދެން އައިސްއަލަމާރިއަށް ލާފައި ސެޓްކުރަން ބަހައްޓާށެވެ. އަހަރުމެން ބެހެއްޓީ 2 ގަޑިއިރެއް ހާއިރެވެ. ސެޓުވުމުން ގޮޅިގޮޅިއަށް ކަފާލާށެވެ.