ރިޕޯޓް

ވެންޓިލޭޓަރ އުފެއްދުމުގެ ޒުވާން އިސްމޭސްތިރިޔާ! ސާބަސް!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އޮތްއިރު ގައުމުގެ ސައިޒެއް ، އާބާދީގެ ނިސްބަތެއް ނެތި ހުރިހާ ޤައުމަކަށް ވެސް އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ ރައްކާތެރިކަމުގެ ސާމާނާއި ފަރުވާދޭނެ ވަޞީލަތްތަކެވެ. އަމުދުން މުޅި ދުނިޔެ ފުރަ ބަންދުވެފައި އޮތްއިރު ، އެހެން ޤައުމުތަކުގެ ބަރޯސާއަށް ބިނާވެފައި އޮތް ރާއްޖެއަށް މިކަމުގެ ގޮންޖެހުން ބޮޑެވެ.

Ads by Sosun Fihaara

ނަމަވެސް މި ދަތިކަމުގައި ވެސް ދިވެހިންގެ ހިތަށް ތަސައްލީއެއް ހޯދައިދިނީ ދިވެހި ދިފާޢީ ބާރު ، ދިވެހި ސިފައިންނެވެ. ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ރެޔާއި ދުވާލު އާއިލާ ދޫކޮށް މަސައްކަތް ކުރާ ހިތްވަރުގަދަ ދިވެހި ސިފައިން ވަނީ ވެންޓިލޭޓަރެއް އުފައްދާފައެވެ. މިކަމާއި ގުޅިގެން ދިވެހިންގެ ލޯބި ސިފައިންނަށް އިތުރުވެގެންދިޔައިރު ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ ވެސް ވަނީ މިކަން ފާހަގަ ކުރައްވާ ސިފައިންނަށް ހިތްވަރު ދެއްވާފައެވެ.

ދިވެހި ސިފައިން އުފެއްދި މި ޕްރޮޓޯޓައިޕްގެ ވެންޓިލޭޓަރ ބޭނުން ކުރަން ފެށޭނީ ޓެސްޓްކުރުމާއި ކަމާއި ގުޅޭ އެހެން ބައެއް މަސައްކަތްތައް ނިމުމުންނެވެ.

ދިވެހިންގެ މި އުފެއްދުންތެރި މަސައްކަތުގެ މުގުލުގައި ހުންނެވި އިސްމޭސްތިރިޔަކީ ބަޔޮމެޑިކަލް އިންޖިނިއަރެއް ކަމަށްވާ މުޙައްމަދު އަންވަރެވެ. މި އުފެއްދުމުގެ ވާހަކަ ހިއްސާ ކުރަމުން އެސްޓީއޯގައި ވަޒީފާ އަދާކުރާ މުޙައްމަދު އަންވަރު ބުނެފައިވަނީ މި މަސައްކަތަކީ އެމްއެންޑީއެފްގެ ސިގްނަލް ޓީމާއި ގުޅިގެން ކުރި މަސައްކަތެއް ކަމަށެވެ.

މުޙައްމަދު އަންވަރު ބުނީ ހުނަރުވެރި އެތައް ބަޔަކު މި ދިވެހި ރާއްޖޭގައި އެބަތިބިކަމަށާއި ، ހުނަރާއި ފަންނުގެ އަހުލުވެރިން ކުރިއަށް ނިކުމެ މިފަދަ މަސައްކަތްތަކަށް ކުރިމަތިލުމަށް ނަސޭހަތްތެރިވާ ކަމަށެވެ. އޭނާ ބުނީ ގިނަ މީހުންގެ ޚިޔާލާއެކު ގުޅިގެން ކުރެވޭ މަސައްކަތުން ގިނަ އުފެއްދުންތަކެއް އުފެއްދިދާނެ ކަމަށާއި މި މަސައްކަތް ކޯޑިނޭޓްކޮށް އޭނާގެ ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

މުޙައްމަދު އަންވަރު ވަނީ ވެންޓިލޭޓަރ އުފެއްދުމުގެ މަސައްކަތް ކުރި ޓީމާއި އޭނާ ގުޅުވައިދިން ޙަސަން އާމިރުއާއި މި މަސައްކަތުގައި ބައިވެރިވި އެހެން ބަޔޮމެޑިކަލް އިންޖިނޭރުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!