ކުޅިވަރު

ރެސިޕީ: އާލިއޯ އޯލިއޯ

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާތަކެތި:

4 ލޮނުމެދު

2 ހިކިމިރުސް

2 ޖޯޑު ޕާސްޓާ

4 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

10 ހިކަނދިފަތް

4 ޗީޒް ފޮތި

ހަދާނެގޮތް:

1. ތެއްޔަކަށް ފެންއަޅައި އެބޮކި ޖަހާ ކެކިގަންނަންދެން އުނދުން މަތީގައި އުދާފައި ބަހައްޓާށެވެ.

2. ފެންގަނޑު ކެކިގަތުމުން ޕާސްޓާ، ލޮނު އަދި މޭޒުމަތީ ސަމްސަލެއްގެ އޮލިވް އޮއިލް އޭގެ ތެރެއަށް އަޅައި ރަނގަޅަށް އެއްކޮށްލާފައި ކެކެންދެން ބަހައްޓާށެވެ. ޕާސްޓާ ކެކެން 10 – 15 މިނެޓް ވެދާނެއެވެ. ޕާސްޓާ ކެކުމުން އެ ހުންނަންވާނީ މަޑުކޮށެވެ. ނަމަވެސް އޭގައި ދަތް އަޅާލުމުން ކޮންމެވެސް ވަރެއްގެ އޮއްޓަރެއްވެސް އިހުސާސް ކުރެވޭ ވަރަށެވެ.

3. ޕާސްޓާކޮޅު ކެކެމުން ދާއިރު އެހެން ތަކެތި ކޮށާލާށެވެ. ލޮނުމެދާއި، ހިކަނދިފަތް އަދި މިރުސް ކޮށާނީ ކުދިކޮށް ތުނިކޮށެވެ.

4. ޕާސްޓާކޮޅު ކެކުނީމައި، ފުރާނާލަފައި އެއްޗަކަށް އަޅައި ބަހައްޓާށެވެ. ޕާސްޓާ ކެއްކި ފެންގަނޑުގެ ޖޯޑެއްހާ އެތިކޮޅެއްވެސް ނަގާފައި ވަކިން ބަހައްޓާށެވެ.

5. މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއްގައި ވަރަށް ގިނިމަޑުކޮށް ބަހައްޓައިގެން ލޮނުމެދުކޮޅާއި ހިކަނދިފަތް އަދި މިރުސް ކޮޅު 5 ވަރަކަށް މިނެޓުވަންދެން ކައްކާލާށެވެ. ލޮނުމެދުކޮޅު އެނދިޔަ ނުދެއްޗެވެ.

6. ދެން ޕާސްޓާކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. މާ ހިކިހެން ހީވާނަމަ ކުރިން ރައްކާކުރި ފެންކޮޅުގެ ކުޑައެތިކޮޅެއް އޭގެ ތެރެއަށް އަޅާލާށެވެ.

7. ރަނގަޅަށް އެއްކޮށްލާފައި އެއްވުމުން، ޗީޒް ފޮތިތައް އެޅުމަށްފަހު އަނެއްކާވެސް އެއްކޮށްލާށެވެ. މީގެ ތެރެއަށް ބޭނުމިއްޔާ މަސް ދަޅެއްވެސް އަޅާލެވިދާނެއެވެ. އަދި ސްޕިނެޗް ފަތް ކޮޅަކާއި ސަން ޑްރައިދް ޓޮމާޓޯ ކޮޅޭއްވެސް ހުރި ނަމަ ބޭނުން ކޮށްލެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!