މުނިފޫހިފިލުވުން

ކޮވިޑް19: ހާލުގައި ޖެހިފައިވާ މީހުނަށް އެހީވުމަށް ސަލްމާން ޚާން މަގުމައްޗަށް

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ސުޕަރސްޓާރ ސަލްމާން ޚާން އަކީ އަބަދުވެސް އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރުމުގައި އެހެން މީހުންނަށް ނަމޫނާ ދައްކާ ތަރިއެކެވެ. ކޮވިޑް19 ގެ ސަބަބުން މުޅި އިންޑިއާ ލޮކްޑައުން ގެ ހާލަތުގައި އޮތް އިރު ސަލްމާން މި ވަނީ އަނެއްކާ ވެސް އެހެން މީހުންނަށް މިސާލު ދައްކާފައެވެ.

Ads by STELCO

ލޮކްޑައުން ކުރި އިރު ސަލްމާން ހުރީ ކުރިއަށް އޮތް އީދުގައި ރިލީސްކުރުމަށް ހަމަޖެހިފައިވާ " ރާދޭ : މޯސްޓް ވޯންޓެޑް މޭން" ގެ ޝޫޓިން އަށް ޕަންވޭލް އަވަށުގައެވެ. އެ އަވަށުގައި ހުރި ސަލްމާން ގެ އާއިލީ ފާމް ހައުސް ގައި ސަލްމާން އާއެކު ޖެކްލިން ފަރނެންޑޭޒް ގެ އިތުރުން އެ ފިލްމްގެ ބައެއް ފިލްމީ ތަރިން ވެސް އަންނަނީ ދިރިއުޅެމުންނެވެ.

އެގޮތުން ލޮކްޑައުން ގައި ސަލްމާން ޚާން ވަނީ ދާދި ފަހުން އޭނާ ހުރި އަވަށުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. މިކަމުގައި ސަލްމާން އެންމެ ކުރީގައި ހުރިއިރު އޭނާގެ އާއިލާ މީހުންނާއި ބައެއް ރައްޓެހިން ވެސް ބައިވެރިވިއެވެ.

ސަލްމާން މިކަން ހިއްސާކޮށް ޓްވީޓުކުރަމުން އޭނާ އާއެކު ބައިވެރިވި ޖެކްލިން އާއި އޭނާގެ ރައްޓެހިންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ ސަލްމާން އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އަދި ސަލްމާން އަކީ 'ގޯލްޑެން ހާޓް' ނުވަތަ ރަން ހިތުގެ ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!