ކުޅިވަރު

ރެސިޕީ: ބްރައުނީސް

ދެން އެމްވީ ، ދެން އޮންލައިން

ބޭނުން ވާ ތަކެތި:

ބައި ޖޯޑު ބަޓަރ ( ދިޔާކޮށްފައި)

1 ޖޯޑު ހަކުރު

1/3 ޖޯޑު ކޮކޯ ޕައުޑަރ

1/2 ޖޯޑު ފުށް

1/4 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑަރ

1/4 މޭޒުމަތީ ސަމްސާ ލޮނު

2 ބިސް

1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް

1 މޭޒުމަތީ ސަމްސާ ކޮފީ 2 ސަމްސާ ފެނުގައި ގިރާފައި

ޑާކް ޗޮކްލެޓް ކޮޅެއް

ހަދާގޮތް:

1- ބޯތަށްޓެއްގެ ތެރެއަށް ބިސް،، ހަކުރު އެޅުމަށްފަހު 2-3 މިނެޓް ވާންދެން ރަނގަޅަށް ގަށާށެވެ.

2- ބަޓަރުކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން ގަށާށެވެ.

3- ވެނީލާ އެސެންސް، ކޮކޯ ޕައުޑަރ އެޅުމަށްފަހު އަނެއްކާވެސް ރަނގަޅަށް ގަށާށެވެ.

4- ފުށާއި ބޭކިން ޕައުޑަރ އަޅައި ސަމުސަލަކުން ރަނގަޅަށް އެއްކުރާށެވެ. އެއަށް ފަހު ކޮފީ ފޮދު ވެސް އަޅާލާށެވެ.

5- ބޭކިންގ ޓްރޭއެއްގެ ތެރޭގައި ބަޓަރ ޕޭޕާރ އެޅުމަށްފަހު ތައްޔާރުކޮށްފައިވާ ފުށްގަނޑު އަޅާލައި ރަނގަޅަށް ފަތުރާލާށެވެ. އަދި މައްޗަށް ޗޮކްލެޓް ކޮޅު ކުދި ކޮށްލާފައި އަޅާލާށެވެ.

6- 170 ޑިގްރީ ހޫނުމިނުގައި ހޫނުކޮށްފައިވާ އަވަނަށް ބޭކިންގ ޓްރޭލައިގެން 20-25 މިނެޓް ވާންދެން ފިހާށެވެ.

7- ޓޫތު ޕިކް ނުވަތަ އިލޮށިކޮޅެއް ބްރައުނީގެ ތެރެއަށް ކޮށްޕައިގެން ރަނގަޅަށް ފިހެވުނުކަން ކަށަވަރުކުރާށެވެ.

8- ފިހެވުމުން ހިހޫކުރަން ބަހައްޓާށެވެ. ހިހޫވުމުން ފޮތިފޮއްޗަށް ކަފާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!