ރެސިޕީ: ޑެތް ބައި ޗޮކްލެޓް އައިސްކްރީމް ކޭކް
ބޭނުންވާނެ ތަކެތި:
– 1ޖޯޑު މުގުރާފަހުރި މާރީ ބިސްކޯދު
– 2 ސައިސަމުސާ ހަކުރު
– 1/2ސައިސަމުސާ ލޮނު
– 1/2 ޖޯޑު މެލްޓެޑް ބަޓަރ
– 475ގ ޗޮކްލެޓް އައިސްކްރީމް
– 1 ޖޯޑުޗޮކްލެޓް ޗިޕްސް
– 225ގ ޗޮކްލެޓް
– 2 ޖޯޑު ދިޔާ ކިރު
- ޗޮކްލެޓް ކޭކް މިކްސް ( ފޮށީގައިވާ ގޮތަށް ގިރާފައި ފިހެފައި )
ތައްޔާރުކުރާނެގޮތް:
– ތަށްޓަކަށް މުގުރާފައި ހުރި މާރީ ބިސްކޯދާއި ބަޓަރ ކޮޅު އެޅުމަށްފަހު އެއްކޮށްލުމަށްފަހު ޓްރޭގައި ފަތުރައިލުމަށްފަހު 30 މިނިޓް ވަންދެން އައިސް އަލަމާރީގައި ބަހައްޓާށެވެ.
– ތަށްޓަކަށް އައިސްކުރީމް އަދި ޗޮކްލެޓް ޗިޕްސް ކޮޅު އަޅައިލުމަށްފަހު އެއްކޮށްލާފައި ބިސްކޯދުއެޅި ޓްރޭގެ މައްޗަށް އަލައިލުމަށްފަހު ރީތިކޮށް ފަތުރާލައި އައިސް އަލަމާރީގައި ތިން ގަޑިއިރު ބަހައްޓާށެވެ.
- އެއަށް ފަހު ނަގައި އައިސްކްރިމް މަތީގައި ފިހެފައި އޮތް ކޭކް ބާއްވާލުމަށް ފަހު 30 މިނަޓު ފިނި ކޮށްލާށެވެ.
– ކޭކުގެ މައްޗަށް އަނެއްކާ ވެސް އައިސްކްރީމް ފަތުރާލުމަށްފަހު 30 މިނިޓް ވަންދެން އައިސް އަލަމާރީގައި ބެހެއްޓުމަށްފަހު ނަގާށެވެ. އެއަށް ފަހު ޗޮކްލެޓް އަދި ކިރު ތަށްޓަކަށް އެޅުމަށްފަހު އެއްކޮށްލުމަށްފަހު ކޭކް މައްޗަށް އަޅާލާށެވެ.
– ޗޮކްލެޓް އައިސްކްރީމް ކޭކު އެހުރީ ތައްޔާރުވެފައެވެ. ބޭނުންނަމަ ކޭކުގެ މައްޗަށް ނަޓްސް (ބޭނުން ވައްތަރެއް) އަޅައިލެވިދާނެއެވެ.