ޚަބަރު

އާބާދީގެ ކުޑަބޮޑުމިނެއް ނުބަލާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނަން : ނަސީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އާބާދީގެ ކުޑަބޮޑުމިނެއް ނުބަލާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ނަސީމް މިހެން ވިދާޅުވެފައިވަނީ ދަރަވަންދޫ ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓު ހެދޭ ގޮތަށް ގާއިމްކުރި ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ނަސީމް ވިދާޅުވެފައި ވަނީ މިހާރަށް ވުރެ ރަނގަޅު ސިއްޙީ ހިދުމަތްތަށް ކުރިޔަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ވެސް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

"ރާއްޖޭގެ ސިއްހީ ނިޒާމަކީ ރައްޔިތުން ބަލައިގަންނަ އަދި އިތުބާރުކުރެވޭ ފެންވަރުގެ ނިޒާމަކަށް ހަދާނަން. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ވައުދުފުޅާ އެއްގޮތަށް މިކަން ކުރާނީ. އާބާދީގެ ކުޑަބޮޑުމިނެއް ނުބަލާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭނަން" ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަސީމް ވަނީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެެ ތެރޭގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅުންގެ މަސައްކަތް ފާހަގަކޮށް އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއެރުވުމަށް އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!