ޚަބަރު

ރިލީފް ލޯނުގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން ދޭ ރިލީފް ލޯނުގެ ތެރެއިން 70 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، މިހާތަނަށް، ލޯނު ލިބޭނެކަމުގެ ޔަޤީންކަންދޭ 81 ސިޓީއެއް ބޭންކް އޮފް މޯލްޑިވްސް އިން އެޕްރޫވް ކޮށްފައިވާކަމަށެވެ.

ރިލީފް ފަންޑުގެ ތެރެއިން ލޯނަށް އެދިފައިވާ މީހުންގެ ތަފްސީލް ހާމަކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވީ ރިލީފް ފަންޑުގެ ތެރެއިން އެސްއެމްއީ ބޭންކް މެދުވެރިކޮށް 1163 މީހަކު ލޯނަށް އެދިފައިވާކަމަށެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި އޭގެ ތެެރޭގައި ހިމެނެނީ 764 ވިޔަފާރި ލޯނާއި، ސެލްފް އެމްޕްލޮއިމަންޓުގެ 403 ލޯނެއް ކަމަށާއި މީގެ ތެރެއިން މިއަދާހަމަޔަށް ފައިސާ ދޫކޮށްފައިވަނީ 38 ލޯނަކަށް ކަމަށެވެ.

އެދިފައިވާ ލޯންތައް އެޕްރޫވްކޮށް ލޯންތައް ދޫކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވަނީ ކޮވިޑް-19އާ ގުޅިގެންކަމަށްވެސް މިނިސްޓަރު ފައްޔާޒޔ ވިދާޅުވިއެވެ. ކޮވިޑް-19އާ ގުޅިގެން އެޗްޑީއެފްސީއާއި، އިކޮނޮމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން އައިސޮލެޓް ކުރުމުން މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ލޯނަށް އެދިފައިވާ މީހުންގެ ތެރެއިން 90 ޕަސެންޓު މަސައްކަތް ނިންމުމަށްކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. އަދި މިހާތަނަށް އެދިފައިވާ ލޯނުތަކުގެ ތެރެއިން 53 ލޯނެއް ރިޖެކްޓްކޮށްފައިވާކަމަށާ، އަދި މިހާތަނަށް އެޕްރޫވް ކުރެވިފައިވަނީ 203 ލޯނެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!