ޚަބަރު

އަހަރުނުވާ ކުއްޖެއްގެ ސާމްޕަލް ދޭން މައިންބަފައިން ދެކޮޅު ހެދުމުން ސާމްޕަލް ނެގުމަށް ކޯޓު އަމުރެއް!

ދެން އެމްވީ ، ދެން އޮންލައިން

އެއް އަހަރު ނުވާ ކުޑަކުއްޖަކު ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭން އެކުއްޖާގެ މައިންބަފައިން ދެކޮޅު ހެދުމުން، ސާމްޕަލް ދިނުމަށް އަންގައި އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

Ads by Hajj Corporation

ސިވިލް ކޯޓުން ބުނީ ކުއްޖާގެ ސާމްޕަލް ނެގުމަށް މަގުފަހިކޮށް އެއްބާރުލުން ދީ ސާމްޕަލް ނަގަން ހުރަސް ނޭޅުމަށް އަންގައި އަމުރެއް ނެރެފައިވާނެ ކަމަށެވެ. އަދި ސާމްޕަލް ނަގަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށްވެސް އަމުރެއް ނެރިފައިވާނެ ކަމަށް ކޯޓުން ބުންޏެވެ.

ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ދޭން ދެކޮޅު ހެދި ހަތަރު މީހެއްގެ ސާމްޕަލް ނަގަން ރޭވެސް ވަނީ ކޯޓުން އަމުރުކޮށްފަ އެވެ. އަދި ސާމްޕަލް ދޭން ދެކޮޅު ހެދި ބައެއް މީހުން ހައްޔަރުވެސް ކޮށްފައި އެބަހުއްޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!